ނަޞޭޙަތާއި އިރުޝާދު
ދަރިންނުލިބި ލަސްވެގެން މާޔޫސްވާކަށް އަދި ނުވޭ: ޝެއިޚް ޒަމްޒަމް ފާރިސް

ދަރިންނުލިބި ލަސްވެގެން މާޔޫސްވާކަށް އަދި ނުވާކަމުގައި ޝެއިޚް ޒަމްޒަމް ފާރިސް ވިދާޅުވެއްޖެއެވެ. ޝެއިޚް މިހެންވިދާޅުވީ ޝެއިޚުގެ ފޭސްބުކު ޕޭޖްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް އިތުރަށް ލިޔުއްވާފައިވަނީ “ނަބީބޭކަލުން ކަމުގައިވާ އިބްރާހިމް عليه السلام އާއި ޒަކަރިއްޔާ عليه السلامއަށް ﷲ ތަޢާލާ ދަރިން ދެއްވީ އެބޭކަލުން މުސްކުޅި އުމުރަށް އެޅިފަހުންނެވެ. އެހެންކަމުން އަޅުގަނޑުމެން އާދައިގެ މީހުން ދަރިންނުލިބި ލަސްވެގެން މާޔޫސްވެ ގޮތްހުސްވާކަށް އަދި ނުވެއެވެ.”

ކީރިތި ޤުރުއާންނާއި ސުންނަތުގެ އަލީގައި ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ދެއްވުމެއްކަމާއި އަދި އިމްތިހާނު ކުރެއްވުމަށް ބައެއް ފަރާތްތަކަށް މި ނިޢުމަތް ދެއްވުމުގައި ލަސްކުރައްވާކަން ދޭހަވެއެވެ. އެހެންކަމުން، އަޅުގަނޑުމެން ތެރެއިން ދަރިންނުލިބި ތިބި އަޚުންނާއި އުޚުތުންނަށް އޮތީ މިކަމުގައި ﷲއަށް ވަކީލުކޮށް ގަދައަޅައި މަސައްކަތްކޮށް މިނިޢުމަތް ދެއްވުމަށް އަވަސްކޮށް ދެއްވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލަށް ދެންނެވުމެވެ. އަދި މާޔޫސްވެ ގޮތްހުސްނުވެ، ގިނަގިނައިން އިސްތިޣުފާރުކޮށް ދުޢާކުރުމުގައި ދެމިތިބުމެވެ.

 

Nabee beykalun kamugaivi Ibrahim عليه السلام aai Zakariyyaa عليه السلام ah Allah thaàaalaa dharin dhevvee ebeykalun…

Posted by Zamzam Farish on Sunday, November 18, 2018

 

0