ކަނޑިބަޑިން ހަނގުރާމަކޮށްގެން ގަދަކަމުން އަޤީދާ ބަދަލެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ފިކުރީ ހަނގުރާމައިން ކަމުގައި އައްޝެއިޚް ޝަފީޢު ޢަބުދުﷲ ވިދާޅުވެއްޖެއެވެ. ޝެއިޚް މިހެން ވިދާޅުވީ ޝެއިޚުގެ ފޭސްބުކު ޕޭޖްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް އިތުރަށް ލިޔުއްވާފައިވަނީ ޕޯޗްގީޒުން ރާއްޖެ އަރައި، ރާއްޖޭގައި ފަނަރަ އަހަރަށްވުރެ ގިނަދުވަސް، ގަދަކަމުން ދިވެހިން ނަޞާރާދީނަށް އެބުރުމަށް މަސައްކަތްކުރި، އެކަމަކު އެކަންވީ ފެއިލްކަމުގައެެވެ.
އަދިވެސް އިތުރުން ލިޔުއްވާފައިވަނީ “މިއަދު އެއްވެސް ހަނގުރާމައެއް ކުރުމެއްނެތި ފިކުރީގޮތުން ދިވެހިންގެ ތެރެއިން ބަޔަކުމިވަނީ ފިކުރީ ހަނގުރާމައިގައި ޖެހި ފިކުރު ބަދަލުވެފައެވެ. އަދި ފިކުރީގޮތުން މި ކުރެވޭ ހަނގުރާމަ ދަނީ ބާރު ސުޕީޑްގައި ކުރިއަށެވެ. 800އަހަރު ދިވެހިން އިސްލާމްދީނުގައި ޘާބިތު ވެއްޖެއޭ ބުނުމަކުން ނުފުދޭނެއެވެ. ދިވެހިންގެ އަޤީދާއަށް ބުރުލެއް ނާރާނެއޭ ބުނުމަކުން ނުފުދޭނެއެވެ. ވިސްނާލުން ހުއްޓެވެ.”
މިފަދައިން ލިޔުއްވާ މިކަމަށް ސަމާލުވުމަށާއި ވިސްނުން ބެހެއްޓުމަށް އިއުތިމާސް ކުރައްވާފައިވެއެވެ.