ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުން ޘާބިތުވާ ގޮތުގައި ޤިޔާމަތްދުވަހު، މާތްﷲ، ރަޙުމަތުގެ ބެއްލެވުމުން ނުބައްލަވާނެ، އަދި ރަޙުމަތުގެ ބަސްފުޅު ވަޙީނުމެކުރައްވާނެ، އަދި ވޭންދެނިވި ޢަޛާބު ލިބިގެންވާ ބަޔަކުވެއެވެ. އެއީ
(1) މުސްކުޅިޢުމުރުގައި ޒިނޭކުރާމީހާ.
(2) ފަޤީރުހާލުގައި ބޮޑާވެ ކިބުރުވެރިވާމީހާ.
(3) ދޮގުހުވައިކޮށްގެން މުޖާވިއްކާމީހާ.
(4) ދޮގުހަދާ ރަސްކަލާ (ވެރިޔާ).
(5) ސަހަރާއެއްގައި އެމީހެއްގެ އަތުގައި އިތުރަށް ފެންހުރެ، ދަތުރުވެރިޔާއަށް އެފެން މަނާކުރާމީހާ،
(6) ޢަޞުރުނަމާދަށްފަހު، ދޮގުހުވައިކުރާމީހާ.
(7) މީހުންނަށް އިޙުސާންތެރިވެފައި، ކަލަގޮވާމީހާ.
(8) ތަނބިކަށިން ތިރިއަށް އިޒާރު ތިރިކުރާ ފިރިހެނާ.
(9) ދުނިޔެއަށްޓަކައި ވެރިމީހާގެ އަތްމައްޗަށް ބައިޢަތުހިފާމީހާ.
(10) ދިރޭތަކެތީގެ ސޫރަކުރަހާމީހާ.
(11) ފާފައެއްކޮށްފައި، މީސްތަކުންގެ ކުރިމަތީގައި އަމިއްލައަށް އެފާފަ ފާޅުކުރާމީހާ.
(12) ކިޔަވައިގެންހުރެ، މީސްތަކުން މަގުފުރައްދާމީހާ.
(އައްޝެއިޚް މުޙައްމަދު އިބްރާހީމް ނައިފަރު)
May Allah Guide us and protect us.Aameen