ނަޞޭޙަތާއި އިރުޝާދު
ސުވަރުގެ އެދޭމީހާއަށް!

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް ވަދެ ހަމަޖެހިލާ ހިނދު، މާތްﷲ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުންނަށް ތިމަންﷲ އެއްޗެއް އިތުރުކޮށްދެއްވުމަށް އެދެންހެއްޔެވެ؟ އެބައިމީހުން ދަންނަވާނެތެވެ. އަޅަމެންގެ މޫނުތައް، އިބަﷲ އުޖާލާކޮށް ނުދެއްވަން ހެއްޔެވެ؟ އަދި އަޅަމެން ސުވަރުގެއަށް ނުވައްދަވަން ހެއްޔެވެ؟ އަދި އަޅަމެން ނަރަކައިން މިންޖުކޮށް ނުދެއްވަން ހެއްޔެވެ؟ ފަހެ އެހިނދު، ﷲ އެކަލާނގެ ފަރުދާކޮޅު ކަޝްފުކުރައްވާނެތެވެ. (އެބައިމީހުންނަށް ﷲ ފެނިގެންދާނެއެވެ.) ފަހެ އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ބެލުމަށްވުރެ ލޮބުވެތިކަން ބޮޑު ނިޢުމަތެއް އެބައިމީހުންނަށް ދެވިގެން ނުވެތެވެ.“ (ޞަޙީޙު މުސްލިމް)

އަދި އެހެން ހަދީޘެއް ބަޔާންކޮށްލާނަމެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ސުވަރުގެ ހެދިފައިވަނީ ރަނާއި ރިހީގެ ގަލުންނެވެ. އަދި އޭގެ މަތީގައި ޖެހިފައިވަނީ ވަސްގަދަ ކަސްތޫރިއެވެ. އަދި އެތާނގައި ފަތުރައިލެވިފައިވާ ކުދި ހިލަޔަކީ މުތީއާއި ޔާޤޫތެވެ. އަދި އެތާނގެ ވެއްޔަކީ ޒައްފުރާނެވެ. އެތަނަށް ވަދެއްޖެމީހާ ވާހުށީ ނިޢުމަތުގައެވެ. ދުވަހަކުވެސް މުޞީބާތެއް ނުޖެހޭނެއެވެ. އަދި އޭނާ އަބަދުމެ ދެމިހުންނާނެއެވެ. ދުވަހަކުވެސް މަރެއްނުވާނެއެވެ. އަދި އޭނާގެ ފޭރާން ދުވަހަކުވެސް ބަލެއް ނުވާނެއެވެ. އަދި އޭނާގެ ޒުވާންކަމަކަށް ނިމުމެއް ނުމެއަންނާނެމެއެވެ.“ (ތިއްމިދީ)

2