ނަޞޭޙަތާއި އިރުޝާދު
ދުނިޔޭގެ މީހުންގެ 4 ޙާލަތު

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރައްވާފައިވެއެވެ.
”ދުނިޔޭގެ މީހުންގެ ޙާލަތުވަނީ ހަތަރު ޙާލަތަކަށެވެ.

(1) މުއްސަނދި ޢިލްމުވެރިޔާ، އޭނާ އެމުދަލާއި ޢިލްމުގެ ޒަރިއްޔާއިން ﷲއަށް ތަޤްވާވެރިވެ ރަހިމުގެ ގުޅުން ދަމަހައްޓައެވެ. އަދި އެދެނިޢުމަތުގެ ޙައްޤު ފުރިހަމައަށް އަދާކުރެއެވެ. ފަހެ މިއީ އެ މަތިވެރި ޙާލަތެވެ.

(2) ފަޤީރު ޢިލްމުވެރިޔާ، ފަހެ އޭނާގެ ނިޔަތް ތެދުވެރިއެވެ. އަދި އޭނާ ބުނެއެވެ. އަހުރެންނަށް މުދާލިބިގެން ވާނަމަ އޭނާ މުދަލުން އެހޭދަކުރި ހޭދަކުރުން އަހުރެންވެސް ހޭދަކުރީމުހެވެ. ފަހެ އެދެމީހުންގެ އަޖުރު ހަމަހަމަވެގެން ވެއެވެ.

(3) މުއްސަނދި ޖާހިލުމީހާ، އޭނާ އެމުދާ ހަވާނަފްސުގެ އެދުންތަކަށް ޚަރަދުކޮށް ހަދައެވެ. އަދި އެމުދަލުން ﷲއަށް ތަޤްވާވެރިއެއް ނުވެއެވެ. އަދި ރަހިމުގެ ގުޅުން ދަމަހައްޓައެއް ނޫޅެއެވެ. އަދި މުދަލުގެ ޙައްޤު އަދާއެއް ނުމެކުރޭމެއެވެ. ފަހެ މިއީ އެންމެ ނުބައިވެގެންވާ ޙާލަތެވެ.

(4) ފަޤީރު ޖާހިލުމީހާ، ފަހެ އޭނާ ފުރިހަމަ ނިޔަތާއެކު ބުނެއެވެ. އަހުރެންނަށް މުދާ ލިބިގެން ވާނަމަ، އޭނާ އެޚަރަދުކުރި ޚަރަދުކުރުން އަހުރެންވެސް ޚަރަދުކުރީމުހެވެ. ފަހެ އެދެމީހުން ފާފައިގެ ގޮތުން ހަމަހަމަވެގެންވެއެވެ.“

 

މަސްދަރު: އައްޝެއިޚް މުޙައްމަދު އިބްރާހިމް ފޭސްބުކްޕޭޖް

3