ނަޞޭޙަތާއި އިރުޝާދު
ރުބްޢުލް ޚާލީ ސަހަރާގައި ފެނުގެ ކޯރުތަކެއް އުފެދިއްޖެ

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފޮތްތަކުގައި ބައިވަރު ޢަލާމާތްތައް ބަޔާންކުރައްވާފައިވެއެވެ.
ޢަރަބީންގެބިމުގައި ފެނުގެ ކޯރުތައް އުފެދި، ބިންތަކަށް ފެހިކަން އައިސް ދިރިގެންދިއުމަކީ އޭގެތެރެއިން އެއް ޢަލާމަތެވެ.
އަރަބި ކަނޑުގައި ދާދިފަހުން އުފެދުނު ބާރުގަދަ ތޫފާނަކަށް ފަހު، ސައުދީ އަރަބިއްޔާ އާއި އެނޫންވެސް ސަރަޙައްދީ އަރަބި ބައެއް ޤައުމުތައް ހިމެނޭގޮތަށް އުފެދިފައިވާ، ދުނިޔޭގެ އެންމެ ބޮޑު ސަހަރާގައި ފެނުގެ ކޯރުތަކެއް އުފެދިއްޖެއެވެ
ރުބުޢުލް ޚާލީގައި ފެންގަނޑުތަކެއް އުފެދިފައި މިވަނީ، މި ސަހަރާ ހިމެނޭ ސަރަޙައްދަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ވިއްސާރަކޮށް ވާރޭ ވެހިފައި ވަނިކޮށެވެ. އެގޮތުން އުފެދިފައިވާ ކޯރުތަކާއި ފެންގަނޑުތަކުގެ ފޮޓޯ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ޢަދަދެއްގެ ފަތުރުވެރިންގެ ސަމާލުކަމަށްވެސް ރުބުޢުލް ޚާލީ މިހާރު ވަނީ އައިސްފައެވެ
މިއީ ރަބް އަލް-ޚާލީގައި ފެންގަނޑުތަކެއް އުފެދުނު ދެވަނަ ފަހަރު ކަމުގައިވާއިރު، އެންމެ ފުރަތަމަ މި މަންޒަރު ފެނުމާއި ގުޅިގެން ހޯދި ހޯދުންތަކަށްފަހު ސައިންސްވެރިން ބުނެފައިވަނީ، މި ސަހަރާ އޮތް ސަރަޙައްދަކީ މީގެ އެތައް ޒަމާނެއް ކުރީން ދުނިޔޭގައި އެންމެ ބޮޑަށް ދިރުން އޮތް އެއް ސަރަޙައްދު ކަމަށެވެ
އަދި އޭރު އެ ސަރަޙައްދުގައި ހުރި ތާޒާ ފެނުގެ ފަށަލަތައް އަދިވެސް ރަބް އަލް-ޚާލީގައި ހުރި ކަމަށާއި، ވާރޭވެހުމުން ފެންގަނޑުތައް ހެދިގެން ދިއުމަކީ އެކަމަށް ހެކިދޭ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. މިއީ މީގެ ކުރިން އެނގިފައިވާ ކަމެއް ނޫން އިރު، އެ ތަނަކީ އަބަދުވެސް ދިރުން ނެތް ހިކިފަސް ތަނެއް ކަމަށް އޮތީ ޤަބޫލުކުރެވިފައެވެ

މަޞްދަރު: މުޙައްމަދު އަޒްހީމް ލިޔުއްވައިފައިވާ ޚަބަރަކުން ނަގާފައި
الربع الخالي THE EMPTY QUARTER

0