➊ އާދަމްގެފާނު ހެއްދެވުން

ދަލީލަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާގެ މިވަޙީ ބަސްފުޅެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. “قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ ” (سورة ص 75)

މާނައީ:” އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންއިލާހު އަތްޕުޅުން  ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭ (ސަޖިދަ ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟”

➋ ޢަދްނު އޭކިޔުނު ގަސްތައް ސުވަރުގޭގައި އިންދެވުން

ދަލީލަކީ މުޣީރާ ބުނު ޝުޢުބާގެ އަރިހުން ވާރިދުވެގެންވާ މިޙަދީޘް ބަސްފުޅެވެ. ނަބިއްޔާ ﷺ   ޙަދީޘްކުރެއްވިއެވެ. ”  قَالَ أُولَئِكَ الَّذِينَ أَرَدْتُ غَرَسْتُ كَرَامَتَهُمْ بِيَدِي وَخَتَمْتُ عَلَيْهَا فَلَمْ تَرَ عَيْنٌ وَلَمْ تَسْمَعْ أُذُنٌ وَلَمْ يَخْطُرْ عَلَى قَلْبِ بَشَرٍ” (رواه مسلم)  މާނައީ: “މާތް ﷲ ވަޙީކުރެއްވިއެވެ. އެބައިމީހުންނަކީ ތިމަން އިލާހު ޚިޔާރުކުރައްވަވާ ހޮއްވެވި މީހުންނެވެ. އެބައިމީހުންނަށް ދެއްވި ކަރާމާތްތެރިކަން(އެބަހީ: “އަދްން” އޭ ކިޔުނު ސުވަރުގޭގެ ގަސްތައް) ތިމަން އިލާހުގެ އަތްޕުޅުން އިންދެވީމެވެ. އަދި އޭގެ މައްޗަށް ސިއްކަ ޖެއްސެވީމެވެ. ފަހެ އެތަން ދުވަހަކު ލޮލަކުން ދެކެފައި ނުވެއެވެ. އަދި އެތާނގެ ސިފަކުރުމެއް ކަންފަތަކުން އަޑުއަހާފައިނުވެއެވެ. އަދި އެތަނުގެ މަންޒަރުތައް އެއްވެސް ހިތަކަށް އަރާފައި ނުވެއެވެ.”

➌ މޫސާގެފާނަށް ބާވާލެއްވުނު ފަތްފުއްތަކުގައި ލިޔުއްވުން

ދަލީލަކީ އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ރަސޫލުﷲ ﷺ ގެ މިޙަދީޘްފުޅެވެ.އަދާމްގެފާނު މޫސާގެފާނަށް ވިދާޅުވިކަމަށް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. [أَنْتَ مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ وَخَطَّ لَكَ بِيَدِهِ‏] رواه ‏البخاري (6614) ، ومسلم (2652)

މާނައީ: “ކަލޭގެފާނަކީ މޫސާއެވެ. ﷲ އެކަލާނގެ ބަސް ވަޙީކުރެއްވުމަށް ކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް (ތައުރާތު) އެކަލާނގެ އަތްޕުޅުން ލިޔެދެއްވިއެވެ.”