ލަޢުނަތްލެއްވުމަކީ ﷲﷻ ގެ ރަޙުމަތުން ދުރުކުރެއްވުމެވެ. ފަހެ އެކަމެއްކުރުމުން އެމީހަކަށް ﷲ ލަޢުނަތްލައްވާ ކަންތައްތަކެއް ޝަރީޢަތުގައި ބަޔާންކުރެވިފައިވެއެވެ. އޭގެތެރޭގައި:
(1) ޓެޓޫޖެހުން.
(2) ބުމަހެދުން.
(3) (ދިގު އިސްތަށިގަނޑެއް އޮންނަކަން ދެއްކުމަށްޓަކައި) އިސްތަށި ގުޅުވުން.
(4) ދަތްތައް ގާނައި އެއްވަރުކުރުން.
(5) އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތްކުރުން.
(6) ﷲ ނޫން ފަރާތަކަށް ދަބަހަކުރުން.
(7) މަހާނަމަތީ ޒިޔާރަތް ބިނާކުރުން.
(8) ރިބާ ދިނުމާއި، ހިފުން، އަދި ރިބާގެ މުޢާމަލާތަށް ހެކިވުމާއި، އެކަން ލިޔެދިނުން.
(9) ތިންފަށްވެފައިވާ އަންހެނާ ފަށްކެނޑުވުމާއި، ފަށްކަނޑައިދިނުން.
(10) ރާބުއިމާއި، ރަލުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުން
(11) ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުން.
(12) މީހަކު މަރުވުމުން އެކަމުގެ މައްޗަށް ރޮއިހޭރި، ހަޅޭލެވުން.
(13)ފިރިހެނުން އަންހެން ވައްތަރަށް އުޅުމާއި، އަންހެނުން ފިރިހެން ވައްތަރަށް އުޅުން.
(14)މައިންބަފައިންނަށް ހަޑިހުތުރު އެއްޗެހި ގޮވުން،
(15) މީސްތަކުން ހިނގައި ބިނގައި އުޅޭ މަގުތަކަށާއި، މީސްތަކުން މަޑުކުރާ ހިޔާގަނޑުގަނޑަށް ޤަޟާޙާޖާކުރުން. މިއެވެ.
ދުޢާއަކީ އަޅުގަނޑުމެންނީ ﷲ ލައުނެތްލެއްވި ކަންތައްތަކުން ދުރުހެލިވެތިބެ، ތެދުމަގުގައި ޘާބިތުވެ ތިބޭ ބައެއްކަމުގައި ލެއްވުމެވެ.
Tihiree hus nubai vegen vaa kanthah mulhin ves