ނަޞޭޙަތާއި އިރުޝާދު
ސިޙުރުން ރައްކާތެރިވުމަށް ކުރެވިދާނެ 6 ކަމެއް!

1- ﷲއަށް އިޚްލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، ޝިރުކުކުރުމުން ދުރުހެލިވުން.

2- ﷲއަށް އެންމެހާ ޙާލެއްގައި ކިޔަމަންތެރިވުމާއި، ފާފަތަކުން ދުރުހެލިވުން މިގޮތުން ފަރުޟުފަސްނަމާދު ވަގުތުގައި ކުރުން.

3- ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ޛިކުރުތަކާއި ދުޢާތައް ކިޔުން: މިގޮތުން ހެނދުނާއިހަވީރުގެ ދުޢާއާއި، ނިދުމުގެ ކުރިންކުރާ ދުޢާތަކާއި، ފާޚާނާއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާއާއި، ގެއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާފަދަ ދުޢާތަކަކީ ވަރަށް މުހިއްމު ދުޢާތަކެކެވެ.

4- ޤުރުއާން ކިޔެވުން: މިގޮތުން ވީވަރަކުން ޚާއްޞަކޮށް ބަޤަރާސޫރަތް ކިޔެވުމަކީ ޝައިޠާނާގެ ދުއްތުރާތަކުން ގެއާއި މީހާ ސަލާމަތްވާނެކަމެކެވެ.

5- މިއުޒިކު ސާމާނާއި އަޑު އަދި ދިރޭތަކެތީގެ ސޫރަތައް  ފަދަ ﷲ ޙަރާމްކުރެއްވި ތަކެތިން ގޭތެރެ ޠާހިރުކުރުން.

6- އިރުއޮއްސުނީއްސުރެ ގަޑިއިރެއްހާއިރު ވެލަންދެން ކުޑަކުދިން ގެ އިންބޭރަށް ނުނެރުން: މިވަގުތަކީ ބިންމަތީގައި ޝައިޠާނުން ފެތުރިގަންނަ ވަގުތެވެ.

 

މަސްދަރު: ޝެއިޚް ޝާފިޢު/ފޭސްބުކް ޕޭޖް

137