رسول الله صّلى الله عليه وسّلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. “ސުވަރުގެ ވަންނަ ފުރަތަމަ ޖަމާޢަތުގެ މީހުން ވަދެގެންދާނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. ދެން ވަންނަ ޖަމާޢަތުގެ މީހުން ވަދެގެންދާނީ އަލިގަދަ ތަރިއެއް ފަދައިންނެވެ. އެބައިމީހުންގެ ހިތްތައް ވާހުށީ އުޖާލާވެގެންނެވެ. އެންމެ މީހެއްގެ ހިތް ފަދައިންނެވެ. އެއްވެސް ބާވަތެއްގެ ރުޅިވެރިކަމެއް ޚިލާފުވުމެއް ނުވާނެތެވެ. އެއިން ކޮންމެ މީހަކަށް ދެއަނބިން ލިބިގެންވާނެތެވެ. އެއިން ކަނބަލަކު ދޮންކަމާ ރީތިކަމުން މަހުގެ ތެރެއިން ކަށިމަތީގެ މަދު ފެންނާނެއެވެ. އެބައިމީހުން ހެނދުނާ ހަވީރު އަށް ތަސްބީޙަ ދަންނަވާނެތެވެ. ދުވަހަކުވެސް ބައްޔެއް ނުވާނެތެވެ. ނޭފަތް ފޮޅާކަށް ކުޅުޖަހާކަށް ނުޖެހޭނެތެވެ. އެބައިމީހުންގެ ތަށިތަކާއި ކަންވާރުތައް ވާހުށީ ރަނާއި ރިހިންނެވެ. އަދި އެބައިމީހުންގެ ފުނާތައް ވާހުރީ ރަނުންނެވެ. އަދި އެބައިމީހުންގެ (ދުންއަޅާ) މުޖުމަރާތަކުގެ ލަކުޑި ވާހުށީ ބޮކަރުންނެވެ. އަދި އެބައިމީހުންގެ ގައިން ނިކުންނަ ދާގޮދުގައި ހުންނާނީ ކަސްތޫރިވަހެވެ.” (ޞަޙީޙުލް ބުޚާރީ)
މަސްދަރު: އައްޝެއިޚް މުޙައްމަދު އިބްރާހިމް ފޭސްބުކްޕޭޖް