ކަންނެތްވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ކަންނެތްކަން ހަށިގަނޑުން ފިލުވާލައި މުރާލިމީހަކަށް ވުމަކީ ކުޑަ ހިތްވަރެއް ކޮށްލެވިއްޖެނަމަ ދާދި ފަސޭހަކަމެކެވެ. ފުރަތަމަ ދަނެގަންނަންވީ ކަންނެތްކުރުވާ ސަބަބުތަކެވެ.
މީހާ ކަންނެތް ކުރުވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި:
✭ ތަފާތު ފާފަތަކަށް އަރައިގަތުން
✭ މަރު ހަނދާންކުރުން މަދުވުން އަދި ކަށްވަޅުގެ ޢަޛާބާއި ޘަވާބާއި އާޚިރަތުގެ މަތިން ހަދުމަކުރުން މަދުވުން
✭ ކީރިތި ޤުރުއާން ކިޔެވުން މަދުވުން
✭ ޛިކުރުތައް ކުރުމަށް ރައްކާތެރިނުވެވުން
✭ ކުރަންޖެހޭ ކަންކަން ފަހަށް ލަސްކުރުން
✭ ހެޔޮޢަމަލެއް ކުރުމުން ލިބޭ އަޖުރު އިޙްސާސްނުކުރެވުން
✭ ތިމާގެ ކުށެއް ނެތްކަމުގައި ދެކެވުން
✭ ހެޔޮ ނަޞޭޙަތަށް އެދި ނަޞޭޙަތް އަޑުއެނޭހުން އަދި ނަޞޭޙަތެއް ދިނުމުންވެސް އެއަށް ފުރަގަސް ދިނުން
ކަންނެތްކަން ފިލުވާލައި މުރާލި މީހަކަށް ވުމަށް ކުރެވިދާނެ ބައެއް ކަންކަން
❀ މާތް ﷲ އަށް އިޚްލާޞްތެރިވުން
❀ ކަންނެތްކަން ފިއްލަވާދެއްވުމަށް އެދި ދުޢާދެންނެވުން
❀ ހެޔޮ ޢަމަލުތައް ކުރުމަށާއި ނުބައި ޢަމަލުތަކުން ދުރުވުމަށް އަބަދުވެސް ތިމާގެ އަމިއްލަ ނަފްސާ ޖިހާދުކުރުން
❀ މާތް ﷲގެ ޛިކުރުކުރުން ގިނަކުރުން އަދި ޚާއްޞަކޮށް އެކަލާނގެ ކަލާމްފުޅު ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުން
❀ ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި އެހެނިހެން ޛިކުރުތަކަށް ރައްކާތެރިވުން
❀ ޢިލްމުވެރިންގެ މަޖިލިސްތަކުގައި ބައިވެރިވުމާއި ހެޔޮލާފާ ރަނގަޅު މީހުންނާއެކުގައިވުން
❀ ސަލަފުއްޞާލިޙުންގެ ދިރިއުޅުއްވުން އުނގެނި ދަސްކޮށް އެބޭކަލުންގެ ޢަޒުމާއި ހިތްވަރު ހުންނެވިގޮތް ބަލައި އެގޮތަށް ޢަމަލުކުރުން
މަތީގައިވާ ނުކުތާ ތަކަކީ فضيلة الشيخ الدكتور عبدالعزيز بن محمد بن عبدالله بن السدحان ލިޔުއްވާފައިވާ الدليل العلمي މިފޮތުން ނަގާފައިވާ މަޢުލޫމާތުތަކެކެވެ.