ދީން
ޙުޖުރާތު ސޫރަތުގެ ބައެއް މުހިއްމު ނުކުތާތައް

1.     ﷲ ތަޢާލާއަށާއި އެކަލާނގެ ރަސޫލާ އަށް ފުރިހަމަ ގޮތުގައި ކިޔަމަންވުން

2.     ފާސިޤުން ފަތުރާ ވާހަކަތައް އޭގެ ތެދު ދޮގު ބެލުމެއްނެތި ނުފެތުރުމަށާއި، ޙަބަރު ފެތުރުމުގައި އެ ޚަބަރަކީ ސާބިތުހިފޭ ޚަބަރެއްތޯ ބެލުމަށްފަހުގައި ނޫނީ ނުފެތުރުމަށް އަމުރު ވެވިގެންވުން

3.     މުއުމިނުންގެ ދެބައިގަނޑެއްގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، އެކަން ތަޅާފޮޅުމަކާއި  ހަމައަށް ނުވަތަ ލޭ އޮހޮރުވުމަކާއި ހަމައަށް ހިނގައްޖެނަމަ، އެ ދެފަރާތް ޞުލްޙަކުރާނެގޮތް ބަޔާންވެގެންވުން

4.     އީމާންކަމުގެ ގުޅުމާއި ކުލުނުވެރިކަން މުސްލިމު ފަރުދުންގެ މެދުގައި އޮންނަންޖެހޭނެ ކަމާއި، މި ގުޅުމަށް ބުރޫ އަރާ އެންމެހާ ކަންތައްތަކުން ދުރުވަން އަމުރުވެވިގެންވުން. މިފަދަ ކަންކަމަކީ:

     -ދެބައޮޑުވުން

     -ޣީބަބުނުން

     -އެކަކު އަނެކަކަށް މަލާމާތްކުރުން

     -އެކަކު އަނެކަކަށް ނުރުހެވޭ ވަނަންތަކުން ގޮވުން

     -އެކަކު އަނެކަކާއި މެދު ކުށްހީތައް ކުރުން

     -ދޭތެރެޖެއްސުން

     -މުސްލިމް އަޚާގެ އަބުރުގެއްލޭފަދަ ވާހަކަތައްދެއްކުން

     -މުސްލިމްއަޚާގެ އުނިސިފަތައްހޯދުމަށް އުޅުން

5. އިންސާނުންނަކީ ދަރަޖައިގެގޮތުން ތަފާތުވެގެންވާ ބައެއްނޫންކަމާއި، އެކި ޤައުމުތަކުގެ، އެކި ދަރިކޮޅުގެ، އަދި އެކި ކުލައިގެ މީހުންނަކީވެސް ހަމަހަމަވެގެންވާ ބައެއްކަމާއި، އެކަކު އަނެކަކަށް ދަރަޖަ އުމުލޭ ހަމައެކަނި ގޮތަކީ އޭނާގެ ތަޤްވާވެރިކަމާއި ޢިލްމުވެރިކަންކަމުގައި ބަޔާންވެގެންވުން

6. އަޢުރާބީންގެ މިޒާޖާއި، އެމީހުންނާއި މުޢާމަލާތްކުރާންޖެހޭގޮތް ބަޔާންވެގެންވުން. އަޢުރާބީންނަކީ ރަށްވެހިކަމާއި ދުރު ސަހަރާތެރޭގައި ދިރިއުޅޭ ބަދަވީންނެވެ.

7. ފުރިހަމަ މުއުމިނެއްގެ ސިފަތައް ބަޔާންވެގެންވުން

0