ޚަބަރު
ސަލަފް ފޯރަމްގެ މިފަހަރުގެ މައުޟޫޢަކީ ’ރިބާ‘

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސިލްސިލާކޮށްގެންދާ ސަލަފް ފޯރަމް  26 އޮކްޓޫބަރ 2018ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސަލަފް ފޯރަމް 4 ގައި އަލިއަޅުވާލަން ހަމަޖެހިފައިވާ މައުޟޫއަކީ ”ރިބާ“ އެވެ. މިފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް ޢަބްދުއްސަލާމް ދާވޫދާއި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިޙް މުޙައްމަދު ސިނާންއެވެ.

އޮކްޓޫބަރ 26ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމިީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މި ޚާއްޞަ ފޯރަމް ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިފޯރަމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަކީ ފޯރަމް އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

0