ނަޞޭޙަތާއި އިރުޝާދު
ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފުން

ސުންނަތްކަންކަމުގެ ތެރޭގައި ހިމެނޭ މާތްވެގެންވާ ބައެއް ޢަމަލުތައް

ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފުން

އަޅަމެންގެ ވެރިރައްބަކީ ޝުކުރުވަންތަވެވޮޑިގަތުމުގެ ޞިފަ ލިބިވޮޑިގެންވާ އިލާހެކެވެ. ވަރަށް ކުޑަ ޢަމަލަކަށްވެސް ބޮޑު ޖަޒާއެއް އެއިލާހު ދެއްވަފާނެއެވެ. މުޙައްމަދު صلى الله عليه وسلم ގެ އުންމަތަކީ ރަޙުމަތް ލިބިގެންވާ އުންމަތެކެވެ. ކުޑަ ޢުމުރެއްގައި މަދު ޢަމަލެއްކޮށް އެބައިމީހުންނަށް ބޮޑު ޖަޒާއެއް ލިބިގެންދެއެވެ. އަދި އާޚިރަތްދުވަހުން އެހެން އުންމަތްތަކަށްވުރެ ކުރިއަރައިގެންދެއެވެ.

ފަހެ ކޮންމެ މަހެއްގައި (ސުންނަތް) ތިން ދުވަހު ރޯދަ ހިފުމަކީ މުޅި މަހު ރޯދަހިފުންފަދަ ކަމެކެވެ. އެފަދަ ކޮންމެ ދުވަހެއްމެ ދިހަ ދުވަހާ އެއްވަރެވެ. އެއީ ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި މިންނަތެވެ. އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.

أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: «صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ»[متفق عليه]

މާނައީ: ” އަހަރެންގެ މިތުރު (ރަސޫލާ) ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެރަކުޢަތް ކުރުމާ އަދި ނިދުމުގެ ކުރިން ވިތުރި ކުރުމެވެ.”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

(މިއީ އައްޝައިޚް ޢިމްރާން މުޙައްމަދު

ޢަލީ ދިސަލަފިއްޔާގައި ލިޔުއްވާފައިވާ ލިޔުމެކެވެ.)

1