އަޤީދާ
ދުޢާ – ކީރިތި ޤުރުއާނުން (1)

(1) ﴿ اهْدِنَا الصِّرَاطَ الْمُسْتَقِيمَ * صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴾ [الفاتحة: 6، 7].

“އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (6) (އެއީ) އެބަޔަކަށް އިބައިލާހު ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެބައެެއްގެ މައްޗަށް ކޯފާލައްވާފައިވާ މީހުންނާއި މަގުފުރެދިފައިވާ މީހުންގެ މަގެއް ނޫނެވެ. (7)”

(2) ﴿ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ ﴾ [البقرة: 127].

“އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ ކިބައިން ޤަބޫލު ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

(3) ﴿ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ﴾ [البقرة: 201].

“އަޅަމެންގެ ވެރިއިލާހެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ.”

(4) ﴿ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴾ [البقرة: 250].

“އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށްދެއްވާނދޭވެ! އަދި، ކާފިރުންގެ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!”

(5) ﴿ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ﴾ [البقرة: 286].

“އަޅަމެންގެ ވެރިއިލާހެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، އޮޅިގެން ކުށެއް ކުރެވިއްޖެނަމަ އަޅަމެންނަށް އަޒާބު ނުދެއްވާނދޭވެ!”

 

ނުނިމޭ

 

0