1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ހިދާޔަތަށް ތަބަޢަވީ ތަޤްވާވެރިންނަށް ހިތަށްވެސް ނުގެނެވޭފަދަ މަތިވެރި ނިޢުމަތްތައް ސުވަރުގޭގައި ލިބޭނެއެވެ.
﴿سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ﴾ [الزمر: 73]
މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!”
﴿وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾ [آل عمران: 133]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ތަޤުވާވެރިންނަށެވެ.”
2. ތިބާއަކީ ޞާލިޙް ތެދުވެރި މުސްލިމެއްނަމަ، ތިބާގެ އެންމެހާ ކަމެއްގައި މާތްﷲގެ އެހީއާއި ނަޞްރު ލިބޭނެއެވެ.
وَهُوَ يَتَوَلَّى الصَّالِحِينَ ﴿١٩٦﴾
އަދި އެކަލާނގެއީ، صالح ންނަށް އެހީތެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ.
3. ތިބާއަށް އެންމެހާ މީސްތަކުންގެ ލޯބި ލިބޭނެއެވެ.
مَن كَانَ يُرِيدُ الْعِزَّةَ فَلِلَّـهِ الْعِزَّةُ جَمِيعًا
عزّة ތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ عزّة، މިލްކުވެގެންވަނީ اللَّه އަށެވެ.
[35:10]
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
“ﷲތަޢާލާ މީހެއްދެކެ ލޯބިވެ ވޮޑިގެންފިނަމަ، ޖިބްރީލްގެފާނަށް ވަޙީކުރައްވައެވެ. “މާތްﷲ މިވެނި އެވެނި މީހެއް ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އޭ ޖިބްރީލެވެ. އޭނަދެކެ ލޯބިވާށެވެ.” ދެން ޖިބްރީލްގެފާނު އުޑުގެ އަހުލުވެރިންނަށް ވިދާޅުވާނެއެވެ. ” މާތްﷲ މިވެނި އެވެނި މީހެއް ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެހެންކަމުން ތިޔަބައިމީހުންވެސް އޭނަ ދެކެ ލޯބިވާށެވެ. ދެން އުޑުގެ އެންމެހާ އަހުލުވެރިން އޭނަ ދެކެ ލޯބިވާނެއެވެ. އެއަށްފަހު އޭނައަށް ބިމުގެ އެންމެހާ އަހުލުވެރިންގެ ލޯބި ދެއްވަވާނެއެވެ.”
ޞަޙީޙް ބުޚާރީ
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް މުޞީބާތުން ނިކުތުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.
އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض…) سورة الأعراف 96
”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”
އަންނަބައު ސޫރަތުގައި ނުވަތަ ޢައްމާފޮތުގެ ފުރަތަމަ ސޫރަތުގައި ޤިޔާމަތްދުވަހުން ތަޤްވާވެރީންނަށް ދެއްވާނޭ ނިޢުމަތްތައް ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ لِلْمُتَّقِينَ مَفَازًا ހަމަކަށަވަރުން ތަޤްވާވެރިންނަށް ހުރީ ނަސީބުލިބެނިވި ތަނެކެވެ.
حَدَائِقَ وَأَعْنَابًا ބަގީޗާތަކާއި އަދި މޭބިސްކަދުރުތަކެވެ.
وكواعب أترابا އަދި އެއްފުރާވަރުގެ ޒުވާން އަންހެންކުދިންނެވެ.
ޙޫރުލްޢީނުންގެ ސިފަތައް އިތުރަށް ބަޔާންކުރައްވާ ﷲ ތަޢާލާ ސޫރަތުއް ރަޙްމާންގައި ވަޙީކުރައްވައިފައިވެއެވެ.
{فِيهِنَّ خَيْرَاتٌ حِسَانٌ} [الرحمن: 70]
ހެޔޮކަން ބޮޑު ރީތި އަނބީން އެތާނގައިވެއެވެ.
حُورٌ مَقْصُورَاتٌ فِي الْخِيَامِ [الرحمن: 72]
ފޭލިގެތަކުގައި ނިވާވެގެންތިބޭ ޙޫރުލްޢީނުންނެވެ.
މި ދުނިޔެމަތީގައި ތަޤްވާވެރިކަންމަތީ އުޅުނު އަޅުތަކުންނަށް ސުވަރުގޭގައި ދެއްވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުލް ޣާޝިޔާގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
فِي جَنَّةٍ عَالِيَةٍ މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
لَا تَسْمَعُ فِيهَا لَاغِيَةً (ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެތާނގައި އެބައިމީހުން ނާހާނެތެވެ.
فِيهَا عَيْنٌ جَارِيَةٌ ހިނގަހިނގާހުންނަ ފެންއާރުތައް އެތާނގައިވެއެވެ.
فِيهَا سُرُرٌ مَرْفُوعَةٌ އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.
وَأَكْوَابٌ مَوْضُوعَةٌ އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
وَنَمَارِقُ مَصْفُوفَةٌ އަދި އެތުރިގެންވާ ބާލީސްތައްވެސްވެއެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَا رَأَيْتُ مَنْظَرًا قَطُّ إِلَّا وَالْقَبْرُ أَفْظَعُ مِنْهُ» [رواه ابن ماجه وحسنه الألباني]
މާނައީ: “ކަށްވަޅަށްވުރެ ބިރުވެރި ތަނެއް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.”