ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ޢަލަޤް

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
އިންސާނާއަށް އެންމެ ފައިދާކުރަނިވި ޢިލްމަކީ އާޚިރަތުގެ ޢިލްމުކަން

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެންމެ ފުރަތަމަ ބާއްވައިލެއްވުނު އާޔަތްތަކަކީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ.
• މި އުއްމަތަކީ އުއްމަތު އިޤްރައުއެވެ. އެހެން އުއްމަތްތަކަށްވުރެ ގިނައިން ފޮތް ކިޔުމާއި ފައިދާ ހުރި ޢިލްމުތައް އުނގެނުމުގައި މި އުއްމަތް މަޝްޣޫލްވާންޖެހެއެވެ.
• ދުނިޔަވީ އަދި އުޚުރަވީ ހުރިހާ ޢިލްމެއްގެ އަސްލަކީ ކީރިތި ޤުރުއާނެވެ.
• ފޮތްތެރިކަމާއި ލިޔުންތެރިކަމުގައި މަޝްޣޫލްވުމުގެ މުހިއްމުކަން
• ޢިލްމުވެރިކަމަކީ މާތް ﷲ ގެ ފަޟްލުވަންތަކަމުން ދެއްވާ އެއްޗެކެވެ.
• މި ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް މާތްﷲއާ ކުއްތަންވާން ބޭނުންކަމުގައިވާނަމަ، އެމީހަކު ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއެކު ސުންނަތްނަމާދުތައް ގިނަކުރާހުށިކަމެވެ.
• ނަމާދުކުރުން މަނާކުރާމީހާއަށް ހުރު ވަޢީދުގެ މަތިން ވިސްނާލުމުން، މީސްތަކުން ނަމާދަށް ތިއްބާ ޤަތުލުކުރާމީހުންގެ މައްޗަށް ހުރި ޢަޒާބުގެ ބޮޑުކަން ތަޞައްވަރުކޮށްލެވެއެވެ.
• އަޅާ ސަޖިދައިގައިވާއިރު އޭނަގެ މޫނުވަނީ ބިންމަތީގައެވެ. އެކަމަކު އޭނަގެ ހިތްވަނީ ހަތް އުޑުމަތީގައި ވޮޑިގެންވާ ޖަލާލްވަންތަ ﷲ سبحانه وتعالى އާ ގުޅިފައެވެ.
(މި ސޫރަތުގެ އެންމެ ފަހު އާޔަތާއި ގުޅޭ)
• ކިޔެވުމުގެ ބޭނުމަކީ މާތްﷲއަށް ޓަކައި ފުރިހަމަ ގޮތުގައި އަޅުކަންކުރަން ދަސްކުރުމެވެ.

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

4