ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ބަލަދު

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މި ސޫރަތުގައި މައިގަނޑުގޮތެއްގައި އައިސްފައިވަނީ ދުނިޔޭގެ ދިރިއުޅުމުގައިވަނީ ވަރުބަލިކަމާއި ބުރަކަމާއި ދަތިކަންކަމެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

1. ރިސާލަތުގެ އެންމެހާ ރުކުންތައް މި ސޫރަތުގައި ބަޔާންވެފައިވެއެވެ.
ރިސާލަތު ބާއްވައިލެއްވުނުތަން: މައްކާ(1 ވަނަ އާޔަތް)
ރިސާލަތާއިގެން ވަޑައިގެންނެވި ރަސޫލާ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ (2ވަނަ އާޔަތް)
ރިސާލަތު އަމާޒުކުރެވިފައިވާ ފަރާތް: އިންސާނުން (3ވަނަ އާޔަތް)
ރިސާލަތުގައި އެކުލެވޭ މެސެޖް: އީމާންވެ ޞާލިޙް ހެޔޮ ޢަމަލުތައް ކުރުން
(17 ވަނަ އާޔަތް)
2. އިމާމް އަޙްމަދާއި ސުވާލުކުރެވުނެވެ. އަރާމު ކުރުންވަނީ ކޮން ވަގުތަކުތޯއެވެ؟
އިމާމު އަޙްމަދު ޖަވާބުގައި ވިދާޅުވިއެވެ. ސުވަރުގޭގައި އެންމެ ފުރަތަމަ ފިޔަވަޅު އެޅޭ ހިނދުން ފެށިގެންނެވެ.
3. ގާތްތިމާގެކަމުގެ ގުޅުންތައް ޤާއިމުކުރުމަށް އަމުރުކުރަނީ މަދުބަޔެކެވެ. އެކަމަކު ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކުރާ މީހުން ވަރަށް ގިނައެވެ. މި ސޫރަތުގެ 17 ވަނަ އާޔަތުގައި ކެތްތެރިވުމަށާއި ގާތްތިމާގެ ކަމުގެ ގުޅުންތައް ޤާއިމުކުރުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް އުޅުމަށް އެކުއެކީގައި އަމުރުކުރެވިފައިވަނީ މިހެންވެއެވެ.
4. لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ﴿٤﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.
މި އާޔަތާއިމެދު ވިސްނައިފި ކޮންމެ މީހަކު، މި އާޔަތްމަތިން ހަނދާންކޮށް ޢިބްރަތް ލިބިގަންނަ ކޮންމެ މީހަކު، ދުނިޔެމަތީގައި ދިމާވާ ކަންކަމުގައި ކެތްތެރިވެ، ޤަޟާ ޤަދަރަށް ރުހި، ކަންކަމާއިމެދު މާޔޫސް ނުވާނެއެވެ.
5. يَتِيمًا ذَا مَقْرَبَةٍ ﴿١٥﴾
ގާތްތިމާގެ ޔަތީމަކަށެވެ.
ތިމާގެ މީހުންނަށްދެވޭ ޞަދަޤާތް، ދުރު މީހުންނަށްދެވޭ ޞަދަޤާތަށްވުރެ މާތްވެގެންވެއެވެ. (ތަފްސީރު ޤުރްޠްބީ)

• أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ﴿٧﴾
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
މާތް ﷲ ތިބާގެ އެންމެހާ ޢަމަލުތަކެއް ދެކެދެނެވޮޑިގެންވާކަން ހަނދާންނެތުމުން، ފާފަތަކަށް އަރައިގަނެވެއެވެ.

• މި ސޫރަތުގެ އާޔަތްތަކާއިމެދު ވިސްނައިފިނަމަ، މި ސޫރަތުގައި ބުރަހެލިކަމާއި އުނދަގޫކަމާއި ގުޅޭ ވަރަށް ގިނަ ލަފުޒު އައިސްފައިވާތީ ފެންނާނެއެވެ.

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160 ޒިޔާރަތްކޮށްލައްވާށެވެ.

0