އިސްލާމީ ތާރީޚު
ވީޑިއޯ: ދިވެހިންނާއި، ބަރަކާތްތެރި ޒަމްޒަމްފެން

ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެކެވެ. އެފެނުގައި މާތް ﷲ ވަނީ ބަލިތަކަށް ޝިފާ ލައްވާފައެވެ. އަދި އެފެން ވަނީ ކެއުމަށްވެސް ފުދޭނެ ފެނެއް ކަމުގައި ލައްވާފައެވެ. އަދި އެއީ ބަނޑުހައި ހޫނުކަން ފިލުވައިދޭ ފެނެއްވެސް މެއެވެ.

އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ މުސްލިމުން އުޅޭ ގައުމަކަށްވާއިރު، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޒަމްޒަމްފެން ބުއިމަށް ބޭނުންވެއެވެ. އަދި ޒަމްޒަމްފެން ބުއިމަށް ލިބިއްޖެނަމަ އަޅުގަނޑުމެން އުފާކުރެއެވެ.

މިކަން ތިރީގައިވާ ވީޑިއޯއިން ނިކަން ރަނގަޅަށް ދައްކުވައިދެއެވެ.

މިއީ ޒަމްޒަމްފެނުގެ ފެށުން އައިގޮތާއި އެވަޅުކޮޅު ތަރައްޤީވަމުން އައިގޮތާއި މިހާރު އެފެން ބޭނުންކުރެވެމުންދާގޮތް ދައްކުވައި ދިނުމަށް މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ރަސްމީ ޔޫޓިއުބް ޗެނަލުގައި ޢާއްމުންނަށް ދޫކޮށްލާފައިވާ ވީޑިއޯއެކެވެ. މިވީޑިއޯއިން ޒަމްޒަމްފެނާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ލިއްބައިދޭނެއެވެ.

4