އިބުރަތްތެރި ވާހަކަ
ޙަޤީޤީ ވާހަކަ: ބައްޕަގެ ޝަކުވާ، ދަރިފުޅުގެ އާދޭސް

ޢުމަރުގެފާނުގެ އަރިހަށް މީހަކު އައިސް އޭނާގެ ދަރިފުޅުގެ ނުކިޔަމަންތެރިކަމުގެ ޝަކުވާ ދެންނެވިއެވެ. ދެން އޭނާގެ ދަރިފުޅު ޢުމަރުގެފާނުގެ އަރިހަށް ޙާޟިރުކުރެވުނެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނުބައިކަން އޭނާއަށް ވިދާޅުވެދެއްވިއެވެ.

ދެން އޭނާގެ ދަރިފުޅު ދެންނެވިއެވެ. “ދަރިއަކަށް އެނާގެ ބައްޕަގެ ފަރާތުން ލިބެންޖެހޭ ޙައްޤެއް ނުވަނީ ހެއްޔެވެ؟”

ޢުމަރުގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ.”

އޭނާ ދެންނެވިއެވެ. “އެ ޙައްޤަކީ ކޮބާ ހެއްޔެވެ؟”

ޢުމަރުގެފާނު ވިދާޅުވިއެވެ. “ފަރުވާތެރިކަމާއެކު (ހެޔޮލަފާ ޞާލިޙު) މަންމައަކު އެދަރިފުޅަށް ހޯދައިދިނުމާއި، ހެޔޮ ރަނގަޅު ނަމެއް އެދަރިފުޅަށް ކިޔުމާއި، އެދަރިފުޅަށް ޤުރުއާން އުގަންނައިދިނުމެވެ.”

އޭނާ ދެންނެވިއެވެ. “އަޅުގަނޑުގެ ބައްޕަ ތީގެން އެއްވެސް ކަމެއް ނުކޮށްދެއެވެ. އަޅުގަނޑުގެ މަންމައަކީ ޒަންޖު ޤަބީލާގެ މަޖޫސީ(އަލިފާނާއި ތަރިތަކަށް އަޅުކަންކުރާ) އަންހެނެކެވެ. އަހަރެންގެ ނަމަކަށް ކީ ‘ޖުޢަލް’ އެވެ. (‘ޖުޢަލް’ ކިޔައި އުޅެނީ ‘ކަޅުވެފައި ހުތުރު މީހުންނަށެވެ.) އަދި ކީރިތި ޤުރުއާނުން އެންމެ އަކުރެއްވެސް އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ދަސްކޮށް ނުދެއެވެ.”

ދެން ޢުމަރުގެފާނު އޭނާގެ ބައްޕައާއި ދިމާލަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ، “ކަލޭ ތިޔައީ ކަލޭގެ ދަރިފުޅުގެ ނުކިޔަމަންތެރިކަމުގެ ޝަކުވާ ކުރަން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ކަލޭ ތިވަނީ އެ ދަރިފުޅު ކަލެއަށް ނުކިޔަމަންތެރިވުމުގެ ކުރިން އަނިޔާވެރިވެފައެވެ.”

މަސްދަރު: ޢަބްދުއްސަލާމް ބުނު ޢަބްދުﷲ އައްސުލައިމާން ލިޔުއްވާފައިވާ “ތަރުބިޔަތުލް އަޥްލާދި ފީ ޟަޥްއިލްކިތާބި ވައްސުންނަތި”(ޤުރުއާނާއި ސުންނަތުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރުން) މިފޮތުގެ 15 ވަނަ ޞަފްޙާއިން.

5