ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް މުޠައްފިފީން

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
އިސްލާމްދީނުގައި އަޚްލާޤަށް ދީފައިވާ އަހައްމިޔަތު
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
• މިނެކިރުމުގައި މަކަރުހަދާ މީހުންނަށް ގެއްލުމާއި ހަލާކުހުރިކަން އެނގިގެންދެއެވެ. (1 ވަނަ އާޔަތުން 6ވަނަ އާޔަތަށް)
• ކާފަރުންނަށް ނަރަކައިގެ އަޒާބުހުރިކަން ބަޔާންވެފައިވެއެވެ.(7 ވަނަ އާޔަތުން 17ވަނަ އާޔަތަށް)
• މުއުމިނުންގެ ޖަޒާއަކީ ސުވަރުގެ ކަމާއި ސުވަރުގޭގެ މަތީ ދަރަޖަތައް ޙާޞިލުކުރުމަށް އެއްބަޔަކު އަނެއްބަޔަކާއި ވާދަކުރުމަށް އަންގަވާފައިވެއެވެ. (18 ވަނަ އާޔަތުން 28ވަނަ އާޔަތަށް)
• މުއުމިނުންނަށް ދުނިޔެމަތީގައި ކުރިމަތިވާ މަލާމާތާއި ފުރައްސާރައާއި އުނދަގޫތަކުގެ ވާހަކައާއި އަދި އެފަދަ މުއުމިނުންނަށް ހުރި ހެޔޮ ޖަޒާގެ ވާހަކަ ބަޔާންވެފައިވެއެވެ.
(29 ވަނަ އާޔަތުން 36ވަނަ އާޔަތަށް)

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ އަހުލުވެރިންނަކީ މިނެކިރުމުގައި ވަރަށް ބޮޑަށް މަކަރުހަދާ ބައެކެވެ. އެހެންކަމުން މާތް ﷲ މިއާޔަތްތައް ބާއްވައިލެއްވިއެވެ. މިއާއިއެކު، މަދީނާގެ އަހުލުވެރިން ވެގެންދިޔައީ މިނެކިރުމުގައި އެންމެ ޢަދުލުވެރި މީސްތަކުންކަމުގައެވެ. މިކަމުން އެނގިގެންދަނީ އިސްލާމްދީނުގައި ރިވެތި އަޚްލާޤަށާއި ރީތި ގޮތުގައި މީސްތަކުންނާއި މުޢާމަލާތްކުރުމަށް ދީފައިވާ އަހައްމިޔަތެވެ.
وَمِزَاجُهُ مِن تَسْنِيمٍ
އެއާ އެއްކުރައްވާފައިވަނީ تسنيم އެވެ.
• كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.
މި އާޔަތުގެ ތަފްސީރު މޫރިތި ސުންނަތުގައި އައިސްފައިވެއެވެ.
“إِن العَبْد إِذا أَخطَأ خَطِيئَة نكتت فِي قلبه نُكْتَة سَوْدَاء ، فَإِذا هُوَ نزع واستغفر وَتَابَ صقل قلبه ، وَإِن عَاد زيد فِيهَا حَتَّى تعلو قلبه ، وَهُوَ الران الَّذِي ذكر الله {كلا بل ران على قُلُوبهم مَا كَانُوا يَكْسِبُونَ} “ رواه الترمذي (3334) و قال حديث حسن صحيح، وابن ماجة (4244)، و الحاكم من حديث أبي هريرة، و قال صحيح علي شرط مسلم.
މާނައީ: “ފަހެ، އަޅަކު ފާފައެއް ކޮށްފިކަމުގައިވާނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއްޖެހިދެއެވެ. އޭނާ، އެފާފައަކުން ދުރުވެ އަސްތަޣްފާރުކޮށް، توبة ވެއްޖެނަމަ އޭނާގެ ހިތް ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އެތިކި އިތުރުވެ އެވެ. މިގޮތަށް އޭނާގެ ހިތް ކަޅުކުލައިގެ ތިކިތަކަކުން ފުރިއްޖައުމަށް ދާނދެނެވެ. އެއީ ﷲތަޢާލާ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ “الران” އެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.“

0