ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް އިންފިޠާރި

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

ފަނާވެދަނިވި ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލިގެންނުދިޔުމަށް އިންޒާރުކުރުން

ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް

• 1 ވަނަ އާޔަތުން ފެށިގެން ގޮސް 4 ވަނަ އާޔަތާއި ހަމައަށް ޤިޔާމަތްދުވަހު ހިނގާނެ ބައެއް ކަންކަން ބަޔާންވެފައިވެއެވެ.
• ގިނައިންސާނުންވަނީ ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލިގެންގޮސްފައިކަމާއި ނިޢުމަތްތަކުގެ ވެރި ރަސްކަލާނގެ މަތިން ގިނަ އިންސާނުން ވަރަށް ބޮޑަށް ޣާފިލުވެފައިވާކަން ބަޔާންކުރައްވައިފައިވެއެވެ. (6 ވަނަ އާޔަތުން 9 ވަނަ އާޔަތަށް)
• މަލާއިކަތްބޭކަލުން އިންސާނުންގެ ޢަމަލުތައް ލިޔުއްވަމުން ގެންދަވާކަން ބަޔާންކުރައްވާފައިވެއެވެ. (10 ވަނަ އާޔަތުން 12 ވަނަ އާޔަތަށް)
• ތަޤްވާވެރިންގެ ނިމުން ހުރިގޮތާއި އަދި ފާޖިރުންގެ ނިމުންހުރިގޮތް ބަޔާންކޮށްދީފައިވެއެވެ. (13 ވަނަ އާޔަތުން 15 ވަނަ އާޔަތަށް)

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

• عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
މި އާޔަތުގެ ތަފްސީރުގައި ބުނެވިފައިވެއެވެ. (تفسير التستري)
ما قدمت: އޭނާ ކުޅަ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް
ما أخرت: އޭނާ ދިރުވައިފައިވާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް
މި ތަފްސީރާއި ގުޅޭ ބައެއް ޙަދީޘްތައް
قال رسول الله صلى الله عليه وسلم: (مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ), (صحيح مسلم).
މާނައަކީ: ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ..
((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ )). [صحيح مسلم،]. މާނައަކީ: “އިސްލާމްދީނުގައި ނުބައި ކަމެއް ފަށައިފި މީހަކަށް އެކަން ކުރުމުގެ ފާފައާއި އެކަން ކުރާ މީހުންގެ ފާފަ އެމީހުނަށް އުނިވުމަކާއި ނުލައި ލިބޭނެއެވެ.”
• މި ސޫރަތުގެ 7 ވަނަ އާޔަތާއި 8 ވަނައާޔަތުން އެނގޭގޮތުގައި އެންމެ މާތް މަޚްލޫޤަކީ އިންސާނާއެވެ.
• މަލާއިކަތުން އަޅުގަނޑުމެންގެ ޢަމަލުތައް ލިޔުއްވާކަން އެނގުމަކީ އަމިއްލައަށް ނަފްސު ހިސާބުކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
• يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
ޤިޔާމަތްދުވަހުން ކޮންމެ މީހަކުވެސް ޤިޔާމަތްދުވަހުން މާތްﷲގެ ޙަޟްރަތުގައި އޭނާ ކުޅަ ޢަމަލުތަކާއިމެދު ޖަވާބުދާރީވާންޖެހޭނެއެވެ.

————-

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

0