ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުއް ނަބައި

ޢައްމާފޮތުގެ ފުރަތަމަ ސޫރަތް

ކީރިތި ޤުރުއާނުގެ އެންމެފަހު ފޮތް “جزء النبأ” ފެށިފައިވަނީ ‘އަންނަބައު’ ސޫރަތުންނެވެ.

 

  • ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

އަލުންދިރުއްވުމަކީ ހަމަ ޙަޤީޤަތުގައިވެސް ވާނެކަމެއްކަން ސާބިތުކޮށްދިނުން

ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް

❁ 1 ވަނަ އާޔަތުން 6ވަނަ އާޔަތަށް އައިސްފައިވަނީ މުޝްރިކުން އަލުންދިރުއްވުމަކީ ވެދާނެ ކަމެއް ކަމާމެދު އެއްބަޔަކު އަނެއްބަޔަކާއި ސުވާލުކޮށް ހަދާ ވާހަކައެވެ. މިކަމާއިމެދު އެބައިމީހުން އެކި ގޮތްގޮތަށް ދެކޭކަންވެސް މި އާޔަތްތަކުގައި ބަޔާންވެފައިވެއެވެ.

❁ 6 ވަނަ އާޔަތުން 16 ވަނަ އާޔަތަށް އައިސްފައިވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބައެއް ހެކިތަކުގެ ބަޔާނެކެވެ. މި ހެކިތަކުގެ މައްޗަށް މުޝްރިކުންނަށާއި އަލުންދިރުއްވުމާއިމެދު ޝައްކުކުރާމީހުން ވިސްނައިފިކަމުގައިވާނަމަ، އެކަލާނގެއީ ޚަލްޤުތަކުން ނެތިކުރެއްވުމަށްފަހު އަލުން ދިރުއްވުމަށްވެސް ކުޅަދުންވަންތަ ފަރާތެއްކަން ސާބިތުވެގެންދާނެއެވެ.

❁ 17ވަނަ އާޔަތުން 19 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތުގެ ސިފަކޮށްދެއްވުމެކެވެ.

❁ 20ވަނަ އާޔަތުން 30 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ ޤިޔާމަތްދުވަހުން ކާފިރުންނަށް ލިބޭނެ ޖަޒާގެ ބަޔާނެކެވެ.

❁ 31 ވަނަ އާޔަތުން 40 ވަނަ އާޔަތަށް އައިސްފައިވަނީ ޤިޔާމަތްދުވަހުން ތަޤްވާވެރިންނަށް ލިބޭނެ ޖަޒާގެ ބަޔާނެކެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

‘އަންނަބައު’ ސޫރަތުގައި ނުވަތަ ޢައްމާފޮތުގެ ފުރަތަމަ ސޫރަތުގައި ޤިޔާމަތްދުވަހުން ތަޤްވާވެރީންނަށް ދެއްވާނޭ ނިޢުމަތްތައް ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّ لِلْمُتَّقِينَ مَفَازًا ﴾

މާނައީ: “ހަމަކަށަވަރުން ތަޤްވާވެރިންނަށް ހުރީ ނަސީބުލިބެނިވި ތަނެކެވެ.”

﴿حَدَائِقَ وَأَعْنَابًا ﴾

މާނައީ: “ބަގީޗާތަކާއި އަދި މޭބިސްކަދުރުތަކެވެ.”

﴿وَكَوَاعِبَ أَتْرَابًا ﴾

މާނައީ: “އަދި އެއްފުރާވަރުގެ ޒުވާން އަންހެންކުދިންނެވެ.”

 

އަދި ހަމަމިފަދައިން  ކާފިރުންނަށް ލިބޭނެ ޖަޒާވެސް ބަޔާންވެފައިވެއެވެ.

فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴿٣٠﴾

“ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި ޢަމަލުތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، ޢަޛާބުމެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.”

وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا ﴿٤٠

އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟

❀❀❀❀❀❀❀❀❀❀❀❀❀❀❀

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާއެއްގެ މައްޗަށް ލިޔަން ޤަސްދުކޮށްގެން މިފަށާ ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ

و الله ولي التوفيق .

ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް

https://www.facebook.com/Blossoms-of-Quran-256376814910160/

ޒިޔާރަތްކޮށްލައްވާށެވެ.

 

0