ޣީބަބުނުމަކީ ނުރައްކާތެރި، ބޮޑު ފާފައެކެވެ. މިނުބައި ޢަމަލު ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވަނީ ތިމާގެ މުސްލިމް އަޚާގެ މުޅަމަސް ކެއުމާއި އެއްފަދަ ކަމެއްގެ ގޮތުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ.
وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ
މާނައީ: ”އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ.“
ޣީބަބުނުމަކީ ކޮބައިކަން ބަޔާން ކޮށްދެއްވުމުގެ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
”ޣީބައަކީ ކޮބައިކަން ތިޔަބޭކަލުންނަށް އެނގިލައްވާތޯއެވެ؟“ ޞަޙާބީން ދެންނެވިއެވެ. ”މޮޅަށްދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑެވެ.“ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އެއީ ތިމާގެ މިސްލިމް އަޚާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.“ ދެންނެވުނެވެ. ”އެއީ އަޚާގެ ކިބައިގައި ހުރި ކަމެއްވިޔަސްތޯއެވެ؟“ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. ”އެކަން އޭނާގެ ކިބައިގައި ހުރިނަމަ ތިބާ އެނާގެ ޣީބަ ބުނެފިއެވެ. އެކަން އޭނާގެ ކިބައިގައި ނެތްނަމަ ތިބާ އޭނާއާ ބެހޭގޮތުން ތިހެދީ ބޮޑުދޮގެކެވެ.“ (ރިވާކުރެއްވީ މުސްލިމް)
ވީމާ އަޅުގަނޑުމެންގެ ދޫތައް ރައްކާތެރިކޮށް މިފަދަ ނުރައްކާތެރި ފާފަތަކުން ދުރުވެ ރައްކާތެރިވެ ތިބުމަށް ގަދައަޅައި މަސައްކަތްކުރަން ވާނެއެވެ. މާތްﷲ އަޅަމެންނަށް ތައުފީޤު ދެއްވާށިއެވެ. އާމީން!