މަގޭ ވެށި
ކާންވީ ކިހާ މިންވަރަކަށް؟

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކެއުން ވަކި މިންވަރެއްގައި ބެހެއްޓުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ބަޑުހައިވުމުން ‘ގިއްކިޔައިފައި’ ކައިލެވެނީއެވެ. ނޫނީ ބަނޑުހައި ނުވިޔަސް އަބަދު ކެވޭނީ އެވެ. އެއްވެސް ހައްދެއް ނެތެވެ.

ސުވާލަކީ ކާންވީ ކިހާ މިންވަރަކަށް ތޯއެވެ؟

ޖަވާބު ވަރަށް ސާފެވެ. ވަރަށް މަދުންނެވެ.

ކިހައި މަދަކުން ހެއްޔެވެ؟

މައިބަދަ ސީދާކޮށްލެވޭ ވަރަށެވެ.

އެވަރުން ނުފުދެނީ ހެއްޔެވެ؟

އެހެންކަމަށް ވާނަމަ  ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އެވަރުން ފުދޭނެއެވެ.

ބާކީ ބަޔަށް ހަދަންވީ ކިހިނެއް ހެއްޔެވެ ؟

އަނެއް ތިންބައި ކޮށްފަ އެއްބައި ދިޔާތަކެތި ބުއިމަށެވެ. ބާކީބައި ނޭވާލުމަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ ، بِحَسْبِ ابْنِ آدَمَ أَكَلَاتٌ يُقِمْنَ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ)  رواه الترمذي ( 2380 ) وابن ماجه (3349)

މާނައަކީ: “އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ކަންވާރެއް ނުފުރައެވެ. މައިބަދަ ސީދާކޮށްލެވޭ ވަރަށް ކެއުމުން އާދަމުގެ ދަރިޔާއަށް ފުދޭނެއެވެ. އެވަރުން ވެސް ހިތްހަމަނުޖެހި ކޮންމެހެން ކާންވެއްޖެނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި އަނެއް ތިން ބަޔަށް ދިޔާ ތަކެތި ބޯށެވެ. އަދި ނޭވާ ލުމަށް އަނެއް ތިންބައި ބަހައްޓާށެވެ.”

0