ދީން
ނަމާދު (1)
  • ނަމާދު ޞައްޙަވުމުގެ ޝަރުޠުތައް
  1. މުސްލިމެއްކަމުގައިވުން
  2. ބުއްދި ސަލާމަތުންހުރުން
  3. ތަމްޔީޒު ހުރުން (ހެޔޮނުބައި ވަކިކޮށް ދެނެގަންނަން ނޭންގޭވަރުގެ ކުޑަކުއްޖަކަށް ނުވުން)
  4. ދެ ޙަދަޘުން ޠާހިރުވެގެން ހުރުން
  5. ނަޖިހުން ޠާހިރުވުން
  6. ނަމާދުކުރާތަނާއި ، ހަށިގަނޑާއި ، ފޭރާން ނަޖިހުން ޠާހިރުވުން
  7. ޢަޥުރަ ނިވާކުރުން
  8. ގުނަވަން ބައްޓަންވާފަދަ ބާރު ، އަދި ހަމުގެ ކުލަ އެނގޭފަދަ ތުނި ފޭރަމަކަށް ފޭރާން ނުވުން.
  9. ފިރިހެނަކުނަމަ އެންމެކުޑަމިނުން ފޫޅާކަކުލާދެމެދު ނިވާކުރުން، މީގެ އިތުރުން ދެކޮނޑުވެސް ނިވާވަން ވާނެއެވެ.
  10. އަންހެނަކު ނަމަ މޫނާ ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް ނަމާދުގައި ނިވާކުރުން
  11. ސަޖިދަކުރާއިރު ފުރަގަން ސޮހިގެންގޮސް ފޫކޮޅުފެންނަފަދަ ފޭރާމެއްކަމުގައި ނުވުން
  12. އެހެން ދީންތަކުގެ ރަމްޒާއި ޝައާރުފަދަ މަންޒަރާއި ، ދިރޭ އެއްޗިއްސާއި ، އިންސާނުންގެ ޞޫރަ ހުރި ފޭރަމަކަށް އެ ފޭރާން ނުވުން.
  13. ނަމާދު ވަޤުތުވަދެއްޖެކަން ޔަޤީންވުން
  14. ޤިބުލަޔަށް ކުރިމަތިލުން

 

  • ނަމާދުގެ ރުކުންތައް
  1. ނަމާދު ކުރުމަށް ޤަޞްދުކުރުން
  2. ކޮޅަށް ހުރުމަށް ކުޅަދާނަވެގެންވާ މީހާ ކޮޅަށް ހުރުން
  3. ނަމާދަށް ފެށުމަށް الله أَكْبَرُ ކިއުން
  4. ފާތިޙާ ސޫރަތް ކިޔެވުން
  5. ركوع ކުރުން
  6. ރުކޫޢިން ތެދުވެ ހަށިގަނޑު ސީދާކޮށްލުން (އިޢުތިދާލުގައި ހުރުން)
  7. ސަޖިދަކުރުން
  8. ސަޖިދައިން ތެދުވެ ދެސަޖިދަ ދެމެދު އިނުން
  9. ފަހު އައްތަޙިއްޔާތަށް އިނުން
  10. ފަހު އައްތަޙިއްޔާތު ކިޔުން
  11. ފަހު އައްތަޙިއްޔާތުގައި ކީރިތި ރަސޫލާ ‘ ގެ މައްޗަށް ޞަލަވާތް ކިޔެވުން (އިބްރާހީމީ ޞަލަވާތް)
  12. ފުރަތަމަ ސަލާން ދިނުން
  13. ހުރިހާ ރުކުންތަކެއްގައިވެސް މަޑުކޮށްލުމާއި އެކު ހަމަޖެހިލުން
  14. މިކަންތައްތައް ތަރުތީބުން ކުރުން
  • ނަމާދު ބާޠިލުވާން ކަންތައްތައް
  1. ޤަޞްދުގައި ވާހަކަދެއްކުން
  2. ނަމާދުގައި ހުނުން
  3. ނަމާދުގެ ތެރޭގައި ކެއުންބުއިން
  4. ޢައުރަ ކަޝްފުކުރުން
  5. ޤިބްލައިން ނެއްޓި އެހެން ފަރާތަކަށް އެނބުރުން
  6. ނަމާދާ ނުގުޅޭ ގިނަ ޙަރަކާތްކުރުން
  7. ވުޟޫގެއްލޭފަދަ ކަމެއް މެދުވެރިވުން
  8. ގަސްތުގައި ރުކުނެއް ނުވަތަ ވާޖިބެއް ދޫކޮށްލުން
0