ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދިނުމަށް ބައްޕައަށް ކުރެވިދާނެ 9 ކަމެއް
ބައްޕައަކު ދަރިފުޅާއެކު މުޞްޙަފު ހިފައިގެން

1. ފުރަތަމަ ދުވަހުން ފެށިގެން ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދިނުމަށް ހިތުގައި ޢަޒުމް ކަނޑައަޅައި މަސައްކަތް ފަށާށެވެ.

2. ތިބާ އަކީ ޤުރުއާން ކިޔަވާ މީހަކަށް ވާށެވެ. އޭރުން ދަރިފުޅުގެ ހިތުގައި ވެސް ޤުރުއާނަށް އޮންނަ ލޯބި އިތުރު ވާނެއެވެ. އަދި އޭރުން ދަރިފުޅު ބޮޑުވަމުން ދާނީ ޤުރުއާނާއި ރައްޓެހި މާހައުލެއްގައެވެ.

3. ދަރިފުޅާއި ގާތް ގުޅުމެއް ތިބާ ޤާއިމުކުރާށެވެ. ތިބާ ދޭ ނަސޭހަތް ފަސޭހައިން ޤަބޫލުކުރުމަށް މިއީ ބޮޑު ބާރެކެވެ.

4. ޤުރުއާން ހިތުދަސްކޮށްދޭ ކުލާހަކަށް ދަރިފުޅު ވައްދާށެވެ. އެއް އުމުރެއްގެ ކުދިން އެކަމަށް މަސައްކަތްކުރާތަން ފެނުމަކީ މިކަމުގައި ކުރިއަށް ދިއުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ.

5. ދަރިފުޅު ދަސްކުރަމުންދާ ބައި މުރާޖަޢާކުރުމުގައި  އެހީތެރިވާ މީހަކަށް ތިބާ ވާށެވެ.

6. އެކުދިން ކުރާ މަސައްކަތުގެ އަގު ކޮންމެވެސް ސިފައެއްގައި ވަޒަން ކުރާށެވެ. އެގޮތަށް ދަސްކުރާ މިންވަރުން ހަދިޔާ ދިނުން ނުވަތަ އެކުދިން ދާހިތްވާ ތާކަށް ގެންގޮސް ދިނުމަކީ ކޮށްލެވިދާނެ ކަންކަމެވެ.

7. ދީނީ އަޅުކަންކަމަށް އެކުދިންގެ ހިތުގައި ލޯބި އުފައްދާށެވެ. ޚާއްޞަކޮށް ނަމާދު ކުރުމަށެވެ. ކާމިޔާބު ލިބޭނީ ނަމާދު ޤާއިމު ކޮށްގެންނެވެ.

8. ޤުރުއާން ހިތުދަސްކުރުމުން ލިބޭ ދަރުމައާއި ޘަވާބުގެ މަތިން އަބަދުވެސް ހަނދާން ކޮށްދޭށެވެ.

9. ގިނަގިނައިން ދުޢާކުރާށެވެ. އެއީ މުސްލިމުންގެ ހަތިޔާރެވެ.

ތިބާގެ ދަރިފުޅަކީ ޤުރުއާން ހިތުދަސް ކުއްޖަކަށް ވެއްޖެނަމަ ޔަޤީނުންވެސް ތިބާ އުފާކުރާނެއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިިއެވެ.

“ޤުރުއާން ކިޔަވައި އަދި އެއުނގެނި އެއަށް ޢަމަލުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން ނޫރުން ވާ ތާޖެއް އެޅުވޭނެއެވެ. އޭގެ އަލިކަން އިރުގެ އަލިކަން ފަދައިން ވާނެއެވެ. އަދި އެދުވަހު އެމީހެއްގެ މަންމައާއި ބައްޕަގެ ގައިގައި، މިދުނިޔެމަތީގައި ނުވާފަދަ ފުރިހަމަ ހެދުމެއް އެޅުވޭނެއެވެ. އެދެމީހުން ބުނާނެތެވެ. އަހަރުމެންގެ ގައިގާ މިހެދުން އެޅުވުނީ ކިހިނެއްވެގެން ހެއްޔެވެ؟ ދެން ބުނެވޭނެއެވެ. ތިޔަ ދެމީހުންގެ ދަރިފުޅު ޤުރުއާން  ދަސްކޮށްފައިވާތީއެެވެ.” (ޙާކިމް 1/756)

ވޯޑިއޯ: ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދިނުމަށް ބައްޕައަށް ކުރެވޭނީ ކޮންކަމެއް؟

 

43
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top