މުޖުތަމަޢު
ކާމިޔާބުގެ ތަޅުދަނޑި

ކާމިޔާބީގެ ސަބަބުތައް:

  1. ފައިދާހުރި ގޮތުގައި ވަގުތު ބޭނުން ކުރަން އެނގުން.
  2. ހެޔޮ ކަންކަމުގައި ކުރިއަށް ދިޔުމަށް ތިމާގެ ހިތް އަބަދުވެސް އެދުން.
  3. ކިތަންމެ އުނދަގޫތަކަކާއި ކުރިމަތިވި ކަމުގައި ވިޔަސް މަންޒިލާއި ހަމައަށް ދިއުން
  4. ކޮންމެ މަސައްކަތެއްގައި ވެސް ލަނޑުދަނޑި ފާހަގަކޮށް އެއަށް ވާޞިލުވެވޭނެ ގޮތްތައް ރާވާ ބެލުން
  5. ލަނޑުދަނޑިއާ ހަމައަށް ދިޔުމަށްޓަކައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރުން
  6. ޙަޔާތުގައި ކާމިޔާބު ލިބިފައިވާ މީހުންގެ ޙަޔާތުން ޢިބްރަތް ހޯދުން.
  7. ހިތްނޭދޭ ކަމެއް ކުރަންއުޅުން ރަނގަޅުނުވާނެ، އަދި އެފަދަކަމެއް ކުރާނަމަ، ގިނަފަހަރު އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެއެވެ.

 

ކާމިޔާބީ ހޯދާމީހުންގެ ޞިފަތައް:

  1. ހީއެއްގެ އުޞޫލުން ކޮންމެ ކަމެއްގައިވެސް އެކަމެއް އެތަކެއް ފަހަރު ތަކުރާރު ކުރުން.
  2. ރަނގަޅު ކަންކަމުގައި ފުރުޞަތު ހޯދާ ބެލުން.
  3. ކުރިއަށްދާ މަގުގައި ދިމާވާ ކަންކަމާ ކެތްތެރިވުން.
  4. އަމިއްލަ ކަންކަމުގައި ސިއްރު ހިފެހެއްޓުން.
  5. ކަމަކަށް ޢަޒުމް ކަނޑައަޅައިފިނަމަ ﷲ އަށް ވަކީލުކުރުން.
  6. ވަގުތު ސަލާމަތް ކުރުން.

 

ކާމިޔާބީ އެދޭމީހާ ދަންނާށެވެ!

  1. ކާމިޔާބަކީ ހަދިޔާއެއް ފަދައިން މީހަކު ދޭނެ އެއްޗެއް ނޫނެވެ. އަދި މަސައްކަތަކާއި ނުލައި ލިބޭނެ ޝަރަފެއްވެސް ނޫނެވެ. ކާމިޔާބާ ހަމައަށް ދާން ބޭނުްނނަމަ ގަދައަޅާ ހިތްަވރާއެކު މަސައްކަތް ކުރަންޖެހޭނެއެވެ.
  2. އިރު، ވައި، ފެން އަދި ވަގުތަކީވެސް ހުއްޓުމެއްނެތި ހިނގަ ހިނގާ ހުންނަ ތަކެއްޗެވެ. ވީމާ، އެއްވެސް މަސައްކަތެއް ނެތި ތިމާ ހުއްޓި ހުންނާނީ ކީއްވެގެން ހެއްޔެވެ؟
  3. ކާމިޔާބު ހޯދާ މީހުންނަށް ނޫނީ އެހެން މީހުންގެ އިޙްތިރާމެއް ނުލިބޭނެއެވެ.
  4. ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލުކޮށް ތިމާ އެކަމަށް މަސައްކަތް ކުރާށެވެ.
  5. ފައިދާއެއް ނެތް ގޮތެއްގައި ވަގުތު ނަގާ ނުލާށެވެ.
  6. ތިމާގެ ހަމަހިމޭންކަން ވިސްނުމަކަށް ހަދާށެވެ. ތަންތަން ބެލުމަކީ ޢިބްރަތް ޙާޞިލްކުރެވޭ ކަމެއްކަމުގައި ދެކޭށެވެ. ތިމާގެ ވާހަކަ ދެއްކުމަކީ ޛިކްރު ކުރުން ކަމުގައި ހަދާށެވެ.
  7. އެންމެ މިނެޓަކީވެސް ކިހާވަރެއްގެ އަގުހުރި އެއްޗެއްކަން ނުދަންނަނީނަމަ ތިމާއަކީ ކާމިޔާބީގެ މަގުގައި ކުރިއަށް ދެވޭނެ މީހެއް ނޫނެވެ.
  8. ޞާލިޙު އަޅުންގެ ސިޔަރަތާ ދޭތެރޭ ވިސްނާ ފިކުރުކުރުމާއި އެކު ކިޔުމަށް އާދަކުރުން.
  9. ޙަޔާތުގެ އެއްވެސް ވަގުތުކޮޅެއް ފައިދާނެތް ގޮތަކަށް ދޫ ނުކުރާށެވެ.
  10. ހޯދާފައިވާ ކާމިޔާބީއާ ބެހޭގޮތުން މީހުން ކައިރީގައި ވާހަކަ ނުދައްކާށެވެ.
  11. ތިމާގެ ދަރިންނަށް އަމިއްލައަށް އުޅެން ދަސްކޮށްދޭށެވެ.
  12. ގިނަގިނައިން ހީސަމާސާކޮށް ނުހަދާށެވެ.
  13. ހުރިހާ ކަމެއްގައިވެސް މާތް ﷲ އަށް އިތުބާރު ކުރާށެވެ.
1