މުޖުތަމަޢު
ގާތްތިމާގެ ގުޅުން ދެމެހެއްޓުމުން ލިބޭ ފައިދާ

ثمرات صلة الرحم
ރަޙިމްގެ ގުޅުމޭބުނެވޭބަހުގެ މާނައަކީ:
ގާތްތިމާގެ މީހުންނާއި އެކު ގުޅުންބަދަހި ކުރުމެވެ. އެކަކުއަނެކަކުގެ ޙާލު އަޙްވާލުބަލާ، ހިނިތުންވުމާއިއެކުގައި ބައްދަލުކޮށް، އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، މާލީގޮތުންނާއި އެނޫންވެސް ގޮތްތަކުން އެހީތެރިކަންފޯރުކޮށްދިނުމެވެ.

އަލްއިމާމް ގުރްޠުބީރަޙިމަހުﷲ- ވިދާޅުވިއެވެ.”ރަޙިމް ގެ ގުޅުން ބޭއްވުމާއި އެގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަމަށް އުއްމަތުގެ އެންމެން އެއްބަސްވެއެވެ”.
( ليس الواصل بالمكافئ ، ولكن الواصل الذي إذا قطعت رحمه وصلها ) رواه البخاري (5645)

 

ރަޙިމްގެ ގުޅުން ބޭއްވުމަކީ ވާޖިބުކަމެއްކަމަށް ދަލީލު ކުރާ ދަލީލުތައް:
ﷲ ވަޙީކުރެއްވިއެވެ. (فهل عسيتم إن توليتم أن تفسـدوا في الأرض وتقطِّعوا أرحـامكـم، أولئك الذين لعنهم الله فأصمهم وأعمى أبصارهم)މާނައަކީ: “ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފާސިދުކޮށް، އަދި ތިޔަބައިމީހުންގެ މެދުގައިވާ ތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ގާތްކޮށްފީމުއެވެ. އެބައިމީހުންނަށް މާތް ﷲ ލަޢުނަތްލައްވައި، އަދި އެބައިމީހުންގެ ކަންފަތްތައް ބީރުކުރައްވައި، އަދި ލޯތައް ކަނުކުރައްވައިފައިވާ މީހުންނަކީ، އެބައިމީހުންނެވެ”.

ރަސޫލުﷲ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ޢާއިޝާ-ރަޟިޔަﷲ ޢަންހާ-ރިވާކުރެއްވިއެވެ. “ރަޙިމްގެ ގުޅުމަކީ ރަޙްމާންވަންތަ ﷲ ތަޢާލާ އާއި ގުޅިފައިވާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ރަޙިމްގެ ގުޅުންގާއިމްކޮށްފި މީހަކަށް ތިމަންﷲ ގުޅުން ގާއިމްކޮށްދެއްވާހުށީމެވެ. އަދި އެގުޅުން ކަނޑައިފި މީހެއްގެ ގުޅުން ކަނޑުއްވާ ހުށީމެވެ”.

«لَا يَدْخُلُ الْجَنَّةَ قَاطِعٌ»
ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.

ރަޙިމްގެ ގުޅުން ދަމަހައްޓާ ފަރާތްތަކަށް ދުނިޔެއާއި އާޚިރަތުގައި ދެއްވާ ޘަވާބާއި ދަރުމަ:
ރަޙިމްގެ ގުޅުން ދަމަހައްޓާފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދަރުމަ އާއި ޘަވާބު ދެއްވާނެ ކަން ވަނީ އަންގަވާފައެވެ. އެގޮތުންދުނިޔޭގައި ލިބޭ ކަންތަކުގެ ތެރޭގައި:

  1. ދުނިޔެއާއި އާޚިރަތުގައިވެސް މާތް ﷲ އެފަރާތަކާއި ގުޅުން ގާއިމް ކުރައްވާނެކަން.
  2. އެމީހެއްގެ ޢުމުރު ދިގުކުރައްވާނެކަން.
  3. ދުނިޔެ އާރާސްތުކުރުމުގެ ފުރުޞަތު ދެއްވާނެކަން.
  4. ﷲ ގެ ލޯބިލިބޭނެކަން.
  5. އަހުލުވެރިންގެ ލޯބިލިބޭނެކަން.

އާޚިރަތުގައި ލިބޭ ދަރުމަ އާއި ޘަވާބުގެ ތެރޭގައި: ރަޙިމްގެ ގުޅުން ބާއްވާ ފަރާތްތަކަށް މާތް ﷲ ސުވަރުގެ ދެއްވާނެކަން ހިމެނެއެވެ. އަބޫއައްޔޫބުލް އަންޞާރީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. “މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ ސުވަރުގެ އަށް ވަންނާނެ ކަމެއް ބުނެދެއްވާށެވެ. ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ﷲ އަށް އަޅުކަން ޚާލިޞްކޮށް، އެކަލާންގެ އާއި އެކު އެއްވެސްފަރާތެއް ބައިވެރިނުކުރާށެވެ، އަދި ނަމާދު ގާއިމް ކުރާށެވެ، އަދި ޒަކާތް ދޭށެވެ، އަދި ރަޙިމް ގެ ގުޅުން ދަމަހައްޓާށެވެ”.
( من أحب أن يبسط له في رزقه وينسأ له في أثره فليصل رحمه )
” އެމީހެއްގެ ރިޒުޤު އިތުރުވުމަށް އެދޭމީހާ އަދި އެމީހެއްގެ އުމުރު ދިގުވަން އެދޭ މީހާ ގާތް ތިމާގެ ކަމުގެ ގުޅުން ދަމަހަޢްޓާށެޥެ.” ޞަޙީހުލް ބުޚާރީ

ރަޙިމްގެ ގުޅުންކަނޑާ ފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދެއްވާ ބައެއް ޢުގޫބާތްތައް:

ދުނިޔޭގައި:
އޭނާގެ އެއްވެސް ޢަމަލެއް މާތް ﷲ ގެ ޙަޟްރަތަށް ނުއުފުއްލަވާކަން، އަދި ގަބޫލުވެސް ނުކުރައްވާނެކަން، އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. “ހަމަކަށަވަރުން އާދަމުގެ ދަރިންގެ ޢަމަލުތައް ކޮންމެ ހުކުރުވިލޭރެއަކު މާތް ﷲ ގެ ޙަޟްރަތަށް އުފުއްލަވައެވެ. އެހެންނަމަވެސް ރަޙިމްގެ ގުޅުން ކަނޑާ މީހެއްގެ އެއްވެސް ޢަމަލެއް މާތް ﷲ ގަބޫލެއް ނުކުރައްވާނެއެވެ

2