ޚަބަރު
އިސް މަގާމުތައް ހަވާލު ކުރެވުމުން އުންމަތް ފަސާދަކުރާ މީހަކަށް ތިބާ ވާންވީތޯ: ޝެއިޚް ސަމީރު

އިސްލާމީ އުންމަތުގެ އިސް މަޤާމުތަކާއި ޒިންމާތައް މަތި ކުރެވުމުން އުންމަތް ފަސާދަކުރާ މީހަކަށް ނުވުމަށް އައްޝައިޚް އަޙްމަދު ސަމީރު ގޮވާލައްވައިފިއެވެ.

ޝެއިޚް ސަމީރު މިހެން ވިދާޅުވީ ވުޒާރާ ތަކާއި ކައުންސިލްތަކާއި މުއައްސަސާތަކުން ޢީދު ކުޅިޗަރާއި ސަޤާފީ ކުރިވަރުގެ ނަމުގައި الله ޙަރާމްކުރެއްވި ކަންކަން ރާވާ ހިންގަމުން ދާތީ އެކަމަށް އިންކާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޢީދު މުނާސަބަތުގައި ކުރެވޭ އެކިއެކި ކަންތައްތަކުގެ ތެރެއިން ކުޅޭ ބައެއް ކުޅިވަރުތަކަކީ އަޅުގަނޑުމެން އިސްލާމުންނަށް ވެ ތިބެ ކުރުން ހުއްދަ ނުވާނެ ބައެއް ކުޅިވަރުތައް ކަމަށް ޝެއިޚް ވިދާޅުވިއެވެ.

މި އަހަރުގެ ޢީދާ ގުޅިގެންވެސް ސަޤާފީ ކުރިވަރުތަކުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ނެށުމާއި މިއުޒިކު ކުޅުމާއި ހިލޭ އަންހެނުން ފިރިހެނުންގެ ކުރިމައްޗަށް ނުކުމެ އެމީހުންގެ ޒީނަތްތެރިކަން ފާޅުކުރުމުގެ ހަރަކާތްތައް ދަނީ ރާވަމުންނެވެ. އެކާމާ ގުޅިގެން ޝެއިޚް ވިދާޅުވީ އަންހެނުންގެ ޒީނަތްތްތެރިކަން ފާޅުކުރުމުގެ ގޮތުން ފައިގާ އަޅާފައިވާ ތަކަހޮޅީގެ އަޑު އިވިދާނެކަމަށްޓަކައި އަންހެން މީހާގެ ފައި ބާރަށް ބިންމަތީގައި ޖެހުން ޤުރުއާނުގެ ނައްސުން މަނާކުރެވިފައިވާއިރު އެ އަންހެންމީހާ ހިލޭ އަންހެނުންގެ ކުރިމައްޗަށް ނުކުމެ ވައްތަރުތައް ޖައްސާ މި އުޅޭ އުޅުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަން ކޮންމެ މީހަކުވެސް ވިސްނާލައިފިނަމަ އެނގި ކަށަވަރުވެގެން ދާނެކަމަށެވެ.

ޝެއިޚް އިސްލާމީ އުންމަތް ހަލާކުރުމަށްޓަކައި އެންމެ މުހިއްމު އެއްޗަކީ ބަނގުރާ ތައްޓަކާއި ނަށާ އަންހެނެއް ކަމަށް އަހަރެމެން އަޑު އަހާ ކަމަށެވެ.

އަދި އިސްލާމީ ޤައުމުތަކުގެ އިސްމަޤާމުތަކުގައި އިސްވެ ތިބެގެން އިސްލާމީ އުންމަތް ހަލާކުރާފަރުދަކަށް ތިބާ ވާންވީތޯ ވަނީ ޝެއިޚް ސުވާލު އުފައްދަވާފައެވެ. ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ އެ އުންމަތުގެ ޙައްޤުގައި އެކަލޭގެފާނުގެ ދުނިޔެއާއި އުޚްރަވީ ޙަޔާތް ޤުރުބާން ކުރައްވާފައިވާ އުންމަތުގެ ޙަލާކަށް ތިބާވާންވީތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

25