ޚަބަރު
ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

މިއަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމުން މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެގައުމުން ކަނޑައެޅުމާއިއެކީ، ދިވެހި ކަލަންޑަރުގައިވާ ގޮތަށްވުރެ. އެއް ދުވަސް ކުރިއަށް ހައްޖު ދުވަސް ވާނީ ޖެހިފައެވެ.

ކަލަންޑަރުގައިވާ ގޮޮތުން ނަމަ، ހައްޖު ދުވަހުގެ ފުރަތަމަ ދުވަހަށް ވާނީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ. ނަމަވެސް މިހާރު ހައްޖު ދުވަސް ވާނީ 15 ވާ ހޮނިހިރު ދުވަހަށެވެ.

12