ޚަބަރު
މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ: ޝެއިޚް ސަމީރު

ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ މަޝްހޫރރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ޝެއިޚް ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ފަލަސްޠީނުގައި ހިނގާ ހަނގުރާމައަކީ ދެ ޤައުމެއްގެ އިމުގެ ހަނގުރާމައެއް  ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތުގެ ޢަޤީދާއާއި، މުޤައްދަސާތުތަކާއި ތާރީޚާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި އެއީ މުޅި އުންމަތާ ދެކޮޅަށް އުންމަތުގެ އެންމެ ބޮޑު ދުޝްމަނުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށެވެ.

”ހަމައެކަނި ދެ ޤައުމެއްގެ މައްސަލައަކަށް ފަލަަސްޠީނުގެ މައްސަލަ ހަނިކުރުމީ ޒަޔަނިސްޓުން މުސްލިމުންނަށް ލައިދެމުން ދާ ރިވާޔަތެވެ.“

| އައްޝައިޚް އަޙްމަދު ސަމީރު

މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށް ޝެއިޚްގެ އެ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.

13