ޚަބަރު
’ރަފަޙް އަނދަނީ‘ މިނަމުގައި ފަލަސްޠީނުގެ ޙައްޤުގައި އެއްވުމެއް ބާއްވަނީ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެޤައުމުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަންނަ ހުކުރުދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރު ވަމުން އެބަދެއެވެ.

މި އެއްވުން އިންތިޒާމު ކުރަނީ އިސްރާ އެސޯސިއޭޝަންގެ ފަރާތުންނެވެ.

31 މެއި 2024 ވާ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗުގައި ބާއްވާ މި އެއްވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މީގެ ދެރޭ ކުރިން ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ވަނީ ރަފަހު ސިޓީގައި ބޮޑު ލާއިންސާނީ ގަތުލުއާންމު ހިންގާފައެވެ. ގޯތި ގެދޮރުތައް ތަޅާލުމުގެ ސަބަބުން މަގުތައް މަތީ ދިރިއުޅެއްޖެހިފައިވާ އެތަށް ސަތޭކަ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ތިބި ފޭލިގެ ތަކެއްގައި ހުޅުޖަހާ ވަނީ އަންދާލަފައެވެ.

މި ޖަރީމާގެ ސަބަބުން ޔަހޫދީންނަށް ސަޕޯޓަ ކުރާ ބައެއް ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުންވެސް އެކަށް ކުށްވެރިކުރިއެވެ.

21