ނަޞޭޙަތާއި އިރުޝާދު
މީހަކު ބަލިކޮށްލަން އެންމެ ފަސޭހަ ހަތިޔާރަކީ ރިވެތި އަޚްލާޤެވެ.

އިންސާނާއަކީ އޭނާގެ އަޚުލާޤެވެ.

ރިވެތި އަޚްލާޤަކީ ސުވަރުގެއަށް ވަނުމުގެ ސަބަބެކެވެ. އެންމެ ގިނަ މީހުން ސުވަރުގެ ވަންނަނީ ކޮންކަމެއްގެ ސަބަބުންތޯ ރަސޫލުﷲ ﷺ އާ ސުވާލު ކުރެވުނެ ހިނދު ޙަދީޘް ކުރެއްވިއެވެ. (تَقوَى الله، وحُسْن الخُلُق). ﷲ އަށް ބިރުވެތިވުމާއި ރިވެތި އަޚްލާޤެވެ. – صحيح الترمذي-

الدكتور عمر الكافي ވިދާޅުވެފައިވެއެވެ.

ކިރިތި ޤުރްއާނުގެ އާޔަތްތަކުގެ ޢަދަދަކީ 6236 އެވެ.

އެ އާޔަތްތަކުގެ ތެރެއިން ޢިބާދާ ބެހޭގޮތުން އައިސްފައިވަނީ ގާތްގަނޑަކަށް 130 އާޔަތެވެ.

މާނައަކީ ކީރިތި ޤުރްއާނުގެ %2 އެވެ.

އެހެން ނަމަވެސް އަޚްލާޤާއި ބެހޭ ގޮތުން 1504 އެބައޮތެވެ.

މާނައަކީ ކީރިތި ޤުރްއާނުގެ %24 އެވެ.

ބޮޑުބައި ކަމުގައިވާ މުޢާމަލާތާއި ރިވެތި އަޚްލާޤު ދޫކުރުމަށްފަހު މުސްލިމުންގެ ތެރެއިން ގިނަ މީހުން ބޮޑަށް ތަރްކީރު ކުރަނީ ޢިބާދާތުގެ ބަޔަށެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ”މީޒާނުގައި އެންމެ ބުރަ އެއްޗަކީ ރިވެތި އަޚްލާޤެވެ.“

ابن القيم الجوزي: ވިދާޅުވެފައިވެއެވެ. ”މުޅި ދީނަކީ އަޚްލާޤެވެ. އެމީހެއްގެ ކިބައިގައި އަޚްލާޤެއް ނެތް މީހެއްގެ ކިބައިގައި ދީނެއް ނެތެވެ.“ ތިޔަބައި މީހުންގެ ދަރިންނަށް ދީނުގެ ބޮޑުބައި ދަސްކޮށް ދޭށެވެ. ރޫޙަކީ ރިވެތި އަޚްލާޤެވެ. އެހެންމީހުންނަށް ހެޔޮކަމަށް އެދުމެވެ. އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމެވެ. އުފާވެރި ކަމާއި އެކު ހިނިތުން ވެލުމެވެ.“ (اَللَّهُمَّ أُرْزُقْنَا حُسْنُ الْخُلقِ، وَطَهَارَةٌ النَّفْسِ، وَحَلَاوَةَ اللِّسَانِ، وَسِعَةِ الصَّدْرِ، وَسَلاَمَةُ الْقَلْبِ،وَأَعِنَّا عَلَى تَرْبِيَّةِ أَنْفُسِنَا وُذُرِّيَتِنَا كَمَا تُحِبُّ وَتَرْضَى)

ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. ހެޔޮކަމުގެ އަހުލުވެރިންގެ ދެނެގަނެވޭނެ ޢަލާމާތްތަކެއް ވެއެވެ. އެއީ ތެދުބަހުން ވާހަކަ ދެއްކުމާއި، ގުޅުންތައް ޤާއިމު ކުރުމާއި ފަޚުރުވެރިވުން ނެތުމާއި ދެއްކެންތެރިކަން ނެތުމާއި، ބަލިކަށީންނަށް އޯގަތެރިވުމާއި، ހެޔޮފޯރުކޮށް ދިނުމުމަށް މަސައްކަތް ކުރުމާއި، ރިވެތި އަޚްލާޤެވެ.“

ޢުމަރުގެފާނު ވިދާޅުވެފައިވާ ވަރަށް ޙިކުމަތްތެރި ބަސްފުޅެއްގައި ވެއެވެ . މީހަކު ބަލިކުރަން އެންމެ ފަސޭހަވާނެ ހަތިޔާރަކީ ރިވެތި އަޚްލާޤެވެ.

63