ސުވާލާއި ޖަވާބު
ޒިނޭ ކުރެވިފައިވާ މީހަކަށް ތައުބާ ވެވޭނީ ހައްދު ޖެހީމަތޯ؟
ސުވާލު: ޒިނޭ ކުރެވިފައިވާ މީހަކަށް ތައުބާ ވެވޭނީ ހައްދު ޖެހީމަތޯ؟ ހައްދު ނުޖައިފިނަމަ އެމީހާ ކުރާ އަޅުކަންތައްތަކަށް ސަވާބު ލިބޭނެތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޒިނޭ އަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އޭގެ ހައްދަކީ ސަތޭކަ އެތިފަހަރު ޖެހުމެވެ. ނުވަތަ މަރުވަންދެން ގަލުން ތެޅުމެވެ. ނަމަވެސް އެ ފާފަ ކޮށްފައިވާ މީހަކު ކުރާ އަޅުކަންތައް ގަބޫލު ވެވޭނެއެވެ. މިސާލަކަށް ޒިނޭކޮށްފައި ހުރި މީހަކު ނުވަތަ އެފަދަ އަމަލެއް ކުރާ މީހަކު ނަމާދު ޤާއިމު ކުރާނަމަ އެކަން އޭނާގެ ކިބައިން އަދާވާނެއެވެ.

ހަމަ އެފަދައިން އެފަދަ އަމަލަކުން ތައުބާ ވުމަށްޓަކައި އެކަމުގެ ހައްދު ލިބިގަތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް އެއުގޫބާތް މީހަކަށް ލިބިއްޖެ ނަމަ އާޚިރަތުގައި އެކަމަށް އަޛާބެއް ނުލިބޭނެއެވެ. އެފަދަ ފާފައެއް ކުރެއްވިއްޖެ ނަމަ މޮޅު އިތުރު ގޮތަކީ އެއްވެސް މީހަކަށް ނާންގައި އެކަން ސިއްރުކޮށް، އެކަމުން ތައުބާ ވުމެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެ ނަމަ މާތް ﷲ އެފާފަ ފުއްސަވައި ދެއްވައި ތައުބާ ގަބޫލު ކުރައްވާނެއެވެ.
والله أعلم

ތެދުވެރި ތައުބާއަކީ ތިބާ [ފާފަކުރަމުން ދިޔައިރު] ފާފައަށް ލޯބިކުރި ފަދައިން، ފާފައަށް ނަފުރަތުކޮށް ރުޅިއައުމެވެ.

އަދި އެ ފާފަމަތިން ހަނދާންވެއްޖެނަމަ އެ ފާފަ ފުއްސަވައިދެވުމަށް އެދުމެވެ.

الحسن البصري (رحمه الله), تفسير ابن كثير (رحمه الله)

ޖަވާބުދެއްވީ: ޑރ އާދަމް ޝަމީމް އިބްރާހީމް
303