ނަޞޭޙަތާއި އިރުޝާދު
ސުންނަތާ އެއްގޮތަށް ހިނައިގަންނާނީ ކިހިނެއް؟

މިވީ ކިހިނެއް؟

ދެ މީހަކު  ހިނައިގަތުމަށްޓަކައި ވަނެއެވެ. ދެ މީހުން ނިމުނީ އެއް ވަގުތެއްގައެވެ. އެކަމަކު އޭގެ ތެރެއިން އެކަކު ނިކުތީ ވަރަށް ބައިވަރު އަޖުރާއި ޘަވާބާއެކުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟

އެކަކު ހިނައިގަތީ ހަމަ އެކަނި ވާޖިބު މިންވަރަށެވެ. އެކަމަކު ދެވަނަ މީހާ ހިނައިގަތީ ސުންނަތާ އެއްގޮތަށެވެ.

ވާޖިބު މިންވަރަކީ ހިނައިގަތުމުގެ ނިޔަތުގައި މުޅި ހަށިގަނޑުގައި ފެން ޖެއްސުމެވެ.

ސުންނަތާ އެއްގޮތަށް ހިނައިގަންނާނީ ކިހިނެއް؟

1. އެންމެ ފުރަތަަމަ ޖުނުބުވެރިކަމުން ނުވަތަ ޙައިޟުން ނުވަތަ ނިފާސް ކަމުން ހިނައިގަތުމަށް ނިޔަތްގަންނާނީއެވެ.

2. އެއަށްފަހު ކުރިމަތި ފަރާތާއި ފުރަގަސް ފަރާތް ދޮވެ ނަޖިހެއް ވާނަމަ ނަޖިސް ފިލުވާލާނީއެވެ.

3. ދެން ދެ އަތުގައިވާ ނަޖިސްތަށް ފިލުވާލުމަށް ފާރުގައި ދެ އަތް އުނގުޅާލާނީއެވެ. ނޫނީ ސަބޯނިން ދޮވެލާނީއެވެ.

4. އެއަށްފަހު ނަމާދަށް ވުޟޫ ކުރާ ފަދައިން ވުޟޫ ކުރާނީއެވެ.

5. ވުޟޫ ކުރުމަށްފަހު ތިން ފަހަރު ބޮލަށް ފެން އަޅާ އިނގިލިތަކުން އިސްތަށިތައް ވިނަވައިލާ ބޯ ދޮވެލާނީއެވެ.

4. ދެން އެއަށްފަހު މުޅި ހަށިގަނޑު ދޮންނާނީއެވެ. އެންމެ ފުރަތަަމަ ކަނާތް ފަޅިއެވެ. އެއަށްފަހު ވާތް ފަޅިއެވެ.

5. އެންމެ ފަހުން ދެފައި ދޮވެލާނީއެވެ. އެއީ ހިނައިގަންއިރު ފޭބި ފެނުން ފައި ސާފުކޮށްލުމަށެވެ.

ސުންނަތާ އެއްގޮތަށް ހިނައިގަންނާނީ މި ގޮތެވެ. މާގިނަ ވަގުތެއް ނުނަގާނެއެވެ. އެހެންކަމުން އަބަދުވެސް ސުންނަތާ އެއްގޮތަށް ހިނައިގަންނެވޭތޯ މަސައްކަތް ކުރާށެވެ.

ބައްލަވާ: باب صفة الغسل من الجنابة- كتاب منحة العلام

96
  1. ސާލިމް

    ޖަޒާކަ ﷲ ޚައިރާ