ދީން
ފިރިމީހާ އަނބިމީހާއާއެކު ޖަމާޢަތުގައި ނަމާދުކުރާ އިރު އަނބިމީހާ ހުއްޓި ހުންނާނީ ކޮންތާކު؟

އަނބިމިހާގެ އިމާމަކަށްވެގެން ނަމާދުކުރުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ. ސަފުހަދާއިރު ފިރިމިހާއާ އެއްހަމައެއްގައި ހުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަނަސް ރަޟިޔަﷲ ޢަންހުއާއި ޔަތީމު ކުއްޖާއާއެކު އިމާމުވެ ނަމާދުކުރެއްވި ހިނދު، އުންމު ސުލައިމު (އަނަސްގެފާނުގެ މަންމަ) ބެހެއްޓެވީ ފަހަތުގައެވެ. މީގެ ދަލީލަކީ އަންނަނިވި ރިވާޔަތެވެ.
عَنْ أَنَسِ بْنِ مَالِكٍ : ( أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى بِهِ وَبِأُمِّهِ أَوْ خَالَتِهِ قَالَ فَأَقَامَنِي عَنْ يَمِينِهِ وَأَقَامَ الْمَرْأَةَ خَلْفَنَا ) رواه مسلم ( المساجد ومواضع الصلاة/1056 )
އަނަސް ބުން މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނާއެކު(އެބަހީ އަނަސްގެފާނާއެކު) އަދި އެކަލޭގެފާނުގެ މަންމާފުޅާއެކު ނުވަތަ ބޮޑުދައިތާފުޅާއެކު ނަމާދުކުރެއްވިއެވެ. އެދި އަނަސް ވިދާޅުވިއެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ބެހެއްޓެވީ އެކަލޭގެފާނުގެ ކަނާތްފަރާތުގައެވެ. އަދި އެކަމަނާ ބެހެއްޓެވީ އަހަރެމެންގެ ފަހަތުގައެވެ.
އަލްކަސާނީ ވިދާޅުވިއެވެ. “އިމާމާއެކު އެކު އަންހެނަކު ހުރިނަމަ އެކަނބުލޭގެ ބަހައްޓާނީ އިމާމާގެ ފަހަތުގައެވެ.
އިބްނު ރުޝްދުލް ޙަފީދު ވިދާޅުވިއެވެ. “އަންހެނާ ނަމާދުކުރާނީ އިމާމާގެ ފަހަތުގައި ކަމަށާއި އަދި ފިރިހެނަކު ހުރިނަމަ ފިރިހެންމީހާ ހުންނާނީ އިމާމާއާ ޖެހިގެންކަމަށް، މިކަންކަމާދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ.
انظر كتاب أحكام الإمامة والائتمام للمنيف ص/319-320

އާރޓިކަލްގެ އަޞްލު ލިންކު
https://islamqa.info/ar/answers/13757

15
  1. އެދުރު

    މިކަހަލަ ލިޔުންތައް ގެނެސް ދޭތީ ވަރަށް ޝުކުރު.. ޝެއިޚަށް