ޚަބަރު
ތުއްތުކުދިންނަށް ޚާއްޞަ ވަރަށް ހިތްގައިމު ފޮތްތަކެއް ސީރާ އެމްވީން ވިއްކަނީ

ތުއްތުކުދިން ދީނަށް ލޯބިޖެއްސުމަށް ޚާއްސަ ފޮތްތަކެއް ސީރާ އެމްވީ އިން ވިއްކަމުން ގެންދާކަމަށް އެފަރާތުން ބުނެފިއެވެ.

ސީރާ އެމްވީން އިލްމަށް މައުލޫމާތު ދެމުން ބުނީ، ތުއްތުކުދިންނަށް ޚާއްސަކޮށް ވިއްކަމުންދާ މި ފޮތްތަކަކީ ޖުމްލަ 04 ފޮތެއްގެ މައްޗަށް އެކުލެވޭ ’ބަންޑްލް‘ އެއް ކަަމަށެވެ. މި 04 ފޮތް އެއްކޮށް ވިއްކަނީ 285 ރުފިޔާއަށް ކަމަށެވެ.

ސީރާ އެމްވީއިން ވިއްކަމުންދާ 04 ފޮތުގެ ބަންޑްލް

މި 04 ފޮތަކީ ހަތަރު ވައްތަރެއްގެ ފޮތެކެވެ. މި 04 ފޮތުގެ ތެރެއިން އެއް ފޮތަކީ ”100 ވޯޑްސް ފްރޮމް ޤުރްއާން“ އެވެ. މި ފޮތުގައި ކީރިތި ގުރްއާނުން އެންމެ ފާހަގަކޮށްލެވޭ 100 ބަސް އިނގިރޭސި، ދިވެހި އަދި ޢަރަބި ބަހުންވެސް ހުންނާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

100 ވޯޑްސް ފްރޮމް ޤުރްއާން ފޮތް

ދެވަނަ ފޮތަކީ ދުޢާކޮށްދޭން ދަސްކޮށްދޭ ފޮތެކެވެ.

ދުޢާކުރަން ދަސްކޮށްދިނުމަށް ޚާއްސަ ފޮތް

ތިންވަނަ ފޮތަކީ އާއްމުކޮށް ކިޔާއުޅޭ ވާހަކައާ އެގޮތަށް ތުއްތު ކުދިންނަށް ޚާއްސަކޮށްފައިވާ ވާހަކަފޮތެކެވެ.

ތުއްތު ކުދިންނަށް ޚާއްސަ ވާހަކަފޮތް

ހަތަރުވަނަ ފޮތަކީ ރަސޫލުބޭކަލުންގެ ވާހަކަފުޅުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ފޮތެކެވެ. އެގޮތުން، 22 ބޭކަލުން އެފޮތުގައި ހިމެނޭކަމަށް ސީރާ އެމްވީން ވަނީ ބުނެފައެވެ.

ރަސޫލުބޭކަލުންގެ ވާހަކަފުޅުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ފޮތެކެވެ. މި ފޮތުގައި ހިމެނިފައިވަނީ ރަސޫލު ބޭކަލުންގެ ކުރު ތަޢާރަފެއް

މީގެ އިތުރުންވެސް ސީރާ އެމްވީގެ އިންސްޓަގްރާމް ޕޭޖުން ތަފާތު އެކި ފޮތްތައް ލިބެން ހުންނާނެކަމަށް ސީރާ އެމްވީން މައުލޫމާތު ދެއެވެ. އެގޮތުން، ”އަލިވޮށް“ އަދި ”ތަންޒީލް“ މިއީ އެ ޕޭޖުން ފާހަގަކޮށްލެވޭ ދެ ފޮތެކެވެ.

ތަންޒީލް. މިއީ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް ބާވާލައްވަން މެދުވެރިވި ސަބަބުތައް ޝައުޤުވެރިގޮތަކަށް ގެނެސްފައިވާ ފޮތެއް

އަލިވޮށް. މިއީ މުޙައްމަދު ﷺ ގެ ސިޔަރަތު ވަރަށް ކިޔާހިތްވާ ގޮތަކަށް ގެނެސްދީފައިވާ ފޮތެއް

މި ފޮތްތައް ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން އެ ޕޭޖަށް މެސެޖް ކޮށްލުމަށް ވަނީ އެދިފައެވެ.

ސީރާ އެމްވީ އިންސްޓަގްރާމް ޕޭޖް ލިންކް 

25
  1. ސިހާމް

    ވަރަށް ރަނގަޅު ފޮތްތަކެއް ❤️

  2. ނަންނުބުނާ

    ޖަޒާކަ ﷲ ޚައިރާ.. އިން ޝާ ﷲ ވިލް ބައި

  3. ޢާއިޝަތު ޖަޒީރާ

    ތި ހަތަރު ފޮތުގެ ބަންޑްލް ވަންނަން ބޭނުން ކިހިނެއްތޯ ހަދާންޖެހެނީ؟؟؟