ނަޞޭޙަތާއި އިރުޝާދު
ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް : ހުކުރުޚުތުބާ

ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއްކަމަށްމިއަދުގެހުކުރުޚުުތުބާވިދާޅުވެއްޖެއެވެ.މިކަންބަޔާންކޮށްޚުތުބާގައިވިދާޅުވީ “ އެއާޔަތްތަކުގައި މުއުމިނުންގެ ދެވަނަ ސިފައެއް ކަމުގައި ގެންނަވާފައިވަނީ،  މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކައެވެ. އެއީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކައެވެ. އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެކެވެ. އަދި ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫނެވެ. ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެކެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދާށެވެ! ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ! މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ ‎މާނާގައިވެއެވެ. : “ އަދި އެބައިމީހުންނީ ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ.“

5