ޚަބަރު
އިލްމު ސްޓޫޑިއޯއަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި

އިލްމު ޖަމިއްޔާއިން ދީނީ ތަފާތު ޕްރޮގުރާމްތައް ތައްޔާރުކުރުމަށް ހަދާފައިވާ އިލްމު ސްޓޫޑިއޯ އަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިހާރުވެސް ދީނީ ތަފާތު ޕްރޮގުރާމް އުފައްދަމުންދާ އިލްމު ޖަމިއްޔާއިން ބުނީ ކުރިއަށް އޮތްތަނުގައި ޕްރޮގުރާމްތައް އިތުރަށް ފެންވަރު ރަނގަޅު ކުރުމަށާއި އިތުރު ޝައުޤުވެރި ޕްރޮގުރާމްތައް އުފެއްދުމަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ލާމު އަތޮޅުގައި ހުންނަ ސްޓޫޑިއޯއަށް ރާއްޖޭގެ އެކި ހިސާބުތަކުން ޝެއިޚުން ގެންދިއުމާއި ވީޑިއޯތައް ނެގުމަކީ ވަރަށް ޚަރަދު ހިނގާ ކަމެއް. މިހާ ހިސާބަށް މި އާދެވުނީ ވެސް ދީލަތި ފަރާތްތަކެއްގެ ވަރަށް ބޮޑު އެހީއާ އެކު.

އިލްމުގެ ރައީސް ޙަސަން ޚަލީލު

އިލްމް ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ މި ވަގުތު ދީނީކަންކަން ކުރިއެރުވުމަށާއި މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕުރޮގުރާމްތަށް ޤައުމީ ފެންވަރެއްގައި ހިންގަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން އިލްމް ފޭސްބުކްޕޭޖަކީ ދިވެހިރާއްޖޭގެ ހިންގަމުންދާ ދީނީ ޕޭކްޖްތަކުގެ ތެރެއިން އެންމެ ޓުރެންޑިން އަދި އެންމެ ގިނަ ފުލޯވަރސް ތިބި އެއް ފޭސްބުކް ޕޭޖެވެ. ޕޭޖް ރީޗް 250،000އަށް އަރާއިރު އިލްމްގެ ވެބްސައިޓް، އިންޓާރގުރާމް، ޓިކްޓޮކް، ޓެލެގްރާމް، ވައިބަރ ކޮމިއުނިޓީއަކީވެސް ވަރަށް މަޤުބޫލު ސޯސަލް މީޑިޔާ ޕުލެޓްފޯމްތަކެކެވެ.

އިލްމުން މި އަހަރު ރަމަޟާންމަހު ކުރިއަށް ގެންދާ ބައެއް ޕްރޮގުރާމްތައް

”މިހާރުވެސް އިތުރު ވީޑިއޯ ކެމެރާއެއް ވަރަށް ބޮޑަށް ބޭނުންޖެހިފަ މިވަނީ. އެއީ ކުރިން ގެންގުޅުނު ކެމެރާގައި މައްސަލައެއް ޖެހިގެން. ކެމެރާ ގަތުމަށް ވަކިންވެސް އެހީ ދެވޭނެ.. އިތުރު ކަންކަމަށްވެސް އެހީ ދެވޭނެ. މި މަސައްކަތަކީ އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު ދިވެހިންނަށް ޝައުޤުވެރި ގޮތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް. އެހެންވީމާ މިކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް މަރުޙަބާ ކިޔަން“ ޙަސަން ވިދާޅުވިއެވެ.

ސުޓޫޑިޔޯގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

777-00000-25357 (އިލްމް)  (ދިވެހިރުފިޔާ އެކައުންޓް)

777-00000-25358 (އިލްމް)  (ޑޮލަރ އެކައުންޓް)

މިފަދަ ހެޔޮ ކަންކަމަށް މަގުދެއްކުމަށް ކުރެވޭ އިންވެސްޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. [مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ] މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް އެހެޔޮކަންކުރި މީހަކާ އެއްފަދަ އަޖުރެއް ލިބޭނެއެވެ.”

7