ނަޞޭޙަތާއި އިރުޝާދު
ބަލާއާއި މުސީބާތްތަކުގައި ކެތްތެރިވުމުންް ލިބޭ ސަވާބު އެނގޭނަމަ…

މިއަދު، ތިބާ ކިތައްމެ ބޮޑުބައްޔެގައި އުޅެން ޖެހުނު ކަމުގައި ވިޔަސް އެކަމާ ޝަކުވާނުކޮށް ދުނިޔޭގައި މިވާ ކުޑަކުޑަ ދުވަސްކޮޅު ކެތްތެރިވެލާށެވެ!

އޭރުން ޤިޔާމަތްދުވަހު، އެކަމަށް ކެތްތެރިވީތީ ތިބާއަށް ލިބޭ ސަވާބު ފެނިފަ، އެހެން މީހުންވެސް ދުނިޔެ މަތީގައި އެމީހުންނަށް އެ ބަލި ޖެހުނު ނަމައޭ ހިތަށް އަރާނެއެވެ.  އަދި އެ ބައްޔަށްވުރެ މާ ބޮޑު ބައްޔެއް ޖެހުނު ނަމައޭ ވެސް ތިބާ ހިތަށް އަރާނެއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

«يَوَدُّ أَهلُ العَافِيَةِ يَومَ القِيَامَةِ حِينَ يُعطَى أَهلُ البَلَاءِ الثَّوَابَ لَو أَنَّ جُلُودَهُم كَانَت قُرِّضَت فِي الدُّنْيَا بِالمَقَارِيضِ»  رواه الترمذي

މާނައީ: ”ޤިޔާމަތްދުވަހު، (ދުނިޔެމަތީގައި) ބަލާއާއި މުސީބާތްތައް ޖެހުނު މީހުންނަށް (އެކަމުގެ) ސަވާބު ދެވޭ ހިނދު، ދުޅަހެޔޮ ޞިއްޙަތެއްގައި، މުސީބާތްތައް ނުޖެހި އުޅުނު މީހުން،  (އެފަދަ ސަވާބެއް ލިބުމުގެ ދަހިވެތިކަމުގައި) އެބައިމީހުން ދުނިޔެމަތީގައި އުޅުނުއިރު، އެބައިމީހުންގެ ގައިގެ ހަންތައް  ކުދިކުދިކޮށް ކަތުރުތަކަކުން ކޮށާލެވިފައިވާ ވާނަމައޭ ހިތަށް އަރާނެއެވެ.“

22