ނަޞޭޙަތާއި އިރުޝާދު
ތަފާތު 2 ފެން ތަށި

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އަޞުރު ނަމާދުކޮށްގެން ރަށު ތެރޭގައި ބުރެއް ޖަހާލަން ނުކުތީމެވެ.

ފެތުރިފައިވާ ސާލެއް ކަހަލަ ސާފު އަތިރިމަތީގައި , ބޮޑު ނިކަ ގަހުގެ ހިޔަލުގައި ރައްޓެހިންތަކެއް ތިއްބެވެ.

ދުއްވަމުންދިޔަ ސައިކަލުގެ މަޑު ދުވެލީގައި ގޮސް ބޮޑު ނިކަގަސް ކައިރީގައި ސައިކަލު ޕާރކުކުރުމަށްފަހު އެހިސާބުގައި ހުރި ޖޯލިފަތީގައި ޖައްސާލީމެވެ.

ޖޯލިފަތި ކުރިމަތީގައި ހުރި މަތިޖެހި ވަޅުބުރި މަތީގައި ކުރުނބާ ހަދަން އިން ސަލީމު ބުންޏެވެ. ”މިއަދު ފޭސްބުކަށް ވަތް ތަނުން ވަރަށް ޢިބްރަތްތެރި ވީޑިއޯއެއް ފެނިއްޖެއެވެ.

އެއީ އިލްމު ފޭސްބުކު ޕޭޖުގެ ވީޑިއޯ އެކެވެ. އެ ވީޑިއޯކޮޅުގައި ނަސޭހަތް ދެއްވީ ޝެއިޚް ޢަބްދު الله ރަޝީދެވެ. މޭޒު މަތީގައި ހުރީ ރަތް ކުލައަކަށްދާ ޖޫހެއް އަޅާފައި ހުރި 2 ތައްޓާއި ފެން ފުޅިއެކެވެ.

އެއް ޖޫސް ތައްޓަށް ރީތި ފެން އެޅުއްވިއެވެ. އޭގެ ސަބަބުން އެ ޖޫސް ތަށީގެ ކުލަ އަލިވިއެވެ.

ހިތަކީވެސް އެކަހަލަ އެއްޗެކެވެ. ފާފަކުރުމުގެ ސަބަބުން ހިތް ކިލަނބުވެެއެވެ. ހެޔޮ ޢަމަލުތައް ކުރުމުން ހިތް ސާފުވެގެންދެއެވެ.

«إِنَّ العَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ، فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ، وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ، وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ» [ رواه الترمذي (3334) و قال حديث حسن صحيح، وحسنه الألباني]

މާނައީ: “ހަމަކަށަވަރުން އަޅަކު ފާފައެއްކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހޭނެއެވެ. ފަހެ، އޭނާ އެފާފައަކުން ދުރުވެ، އިސްތިޣުފާރުކޮށް، ތައުބާވެއްޖެނަމަ އޭނާގެ ހިތް އަލިވެ، ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އޭނާގެ ހިތް ފޮރުވިއްޖައުމަށްދާންދެން ތިކިތައް އިތުރުވެދެއެވެ. އެއީ ﷲ ބަޔާންކުރައްވާފައިވާ “الرَّانُ” އެވެ.”

https://youtu.be/WbcLbdkCTfI?si=UR2ERBPePcXYDEPK

https://twitter.com/MauoonShareef

https://www.facebook.com/share/v/SMkruPzNkGtWugbq/?mibextid=ZbWKwL

11