ޚަބަރު
ފުރުސަތުގެ ބޭނުންހިފާ، ވަގުތު ފާއިތު ނުވަނީސް ހެޔޮ ޢަމަލުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރޭ: ހުކުރުޚުތުބާ

ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ މުސްލިމުންނަށް މިއަދުގެ ޚުޠުބާގައި ނަޞޭޙަތްތެރި ވެއްޖެއެވެ.ވަގުތު ފާއިތު ނުވަނީސް ހެޔޮ ޢަމަލުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރުމަށާއި ކޮންމެ ޢަމަލެއްވެސް އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރުމަށް ވަނީ މިއަދުގެ ޚުޠުބާގައި ނަޞޭޙަތްތެރި ވެފައެވެ.

އެގޮތުން [”ވެހޭތާ ފެންގާށޭ“ ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ނަސޭޙަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮ ޢަމަލުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރާށެވެ. ކޮންމެ އަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ އަމަލެކެވެ.] މިއަދުގެ ޚުޠުބާގައި ވެއެވެ.

މީގެ އިތުރުން މިއަދުގެ ޚުޠުބާގައި މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނައަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައިކަމަށާއި ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައިކަމަށާއި އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް ﷲ އޭނާ އަށް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ރައްކާތެރިވުމަށް ހަނދާންކޮށްދެއްވިއެވެ. އަދި ހެޔޮ އަމަލުކުރުން އިތުރުކުރުމަކީ، ޤަސްދަކާ ނުލައި ކުރެވޭ ފާފައިން މާތްﷲ އަޅަމެން ސަލާމަތް ކުރައްވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

3