ނަޞޭޙަތާއި އިރުޝާދު
މަދީނާގައި ހޭދަކުރި ފުރަތަމަ ދުވަސް މަތިން ހަނދާން އެބަހުރި ހެއްޔެވެ؟

މަދީނާގައި ހޭދަކުރި ފުރަތަމަ ދުވަސް މަތިން ހަނދާން އެބަހުރި ހެއްޔެވެ؟

  • އޭރު ޤުރުއާން ކިޔަވާ ވަރަށް މިހާރު ޤުރުއާން ކިޔެވޭ ހެއްޔެވެ؟
  • އޭރު ނަމާދުގައި ޚުޝޫޢަތްތެރިވެވޭވަރަށް މިހާރު ނަމާދުގައި ޚުޝޫޢަތްތެރިވެވޭ ހެއްޔެވެ؟
  • ތިބާގެ އީމާންތެރިކަން ވަރުގަދައީ އޭރު ހެއްޔެވެ؟
  • މަދީނާއަށް ކުރި ފުރަތަމަ ދަތުރުގައި ޢަޒުމް ކަނޑައެޅީ ކޮންކަންކަމެއް ކުރަން ހެއްޔެވެ؟
  • އެ ދަތުރުގެ ފަހުން ދިރިއުޅުމަށް އެދެވޭ ބަދަލެއް އައި ހެއްޔެވެ؟
  • މަދީނާއަށް ކުރި ފުރަތަމަ ދަތުރުގައި ފެނުނު އެންމެ އުފާވެރި މަންޒަރަކީ ކުޑަކުދިން ޙަލަޤާތަކުގައި ޤުރުއާން ކިޔަވާ މަންޒަރު ހެއްޔެވެ؟
  • މަދީނާއަށް ކުރި ފުރަތަމަ ދަތުރުގައި އެހެން މީހެއް ކަންތައް ކުރި ގޮތުން ނުވަތަ ދިމާވި ކަމެއްގެ ސަބަބުން ހިތަށް ނުތަނަވަސްކަމެއް ވެރިވި ހެއްޔެވެ؟ އެފަދަ ކަމެއް ދިމާވމުން ތިބާ ރިއެކްޓް ކުރީ ކިހިނެއް ހެއްޔެވެ؟
  • އެ ދަތުރު ދިމާވީ ފިނި މޫސުމާއި ހެއްޔެވެ؟ ހޫނު މޫސުމާއި ހެއްޔެވެ؟
  • މަދީނާއަށް ކުރި ފުރަތަމަ ދަތުރު ނިންމާލި ދުވަހު ހިތަށް ވެރިވީ ކޮންކަހަލަ ޝުޢޫރުތަކެއް ހެއްޔެވެ؟

32