ޚަބަރު
ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް: ހުކުރުޚުތުބާ

ކީރިތިރަސޫލާ ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ އެކަލޭގެފާނުގެ ސަޙާބީންނަށް ވަސިއްޔަތް ކުރައްވާފައިވަނީ “ ތިޔަ ބޭކަކުން ކޯފަ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!

ރަޙްމާންވަންތަ ރަސްކަލާނގެ އަޅުން، ނަމޫނާއަކަށް ބަލަން ޖެހޭނީ ލޮބުވެތި މާތް ރަސޫލާ އެވެ. އެމީހުން، އެމީހުންގެ އަމިއްލަ ޝަޙްޝީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެ ވިއްކުމުގެ މުޢާމަލާތުގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ. ﷲގެ ހަޟްރަތުގައި އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ.

15