ނަޞޭޙަތާއި އިރުޝާދު
”މިއުންމަތުގެ އަމާނާތްތެރިޔާ ތިޔަބައިމީހުންގެ މައްޗަށް އިސްކުރެވިއްޖެއެވެ.“

މުސްލިމުންގެ ޚަލީފާ ޢުމަރު ބްނު އަލްޚައްޠާބު ޚާލިދު ބުނު އަލް ވަލީދު ސިފައިންގެ ކޮމާންޑުން ވަކިކުރައްވައި، އެކަލޭގެފާނުގެ ބަދަލުގައި އަބޫ އުބައިދާ އެ މަޤާމަށް އައްޔަން ކުރެއްވިއެވެ. ނަމަވެސް އަބޫ އުބައިދާ ލަޝްކަރުގެ އެންމެންނަށް އެ ޚަބަރު ސިއްރު ކުރެއްވިއެވެ. އަދި ޚާލިދު ބުނު އަލްވަލިދު އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުގެ ގޮތުގައި އިސްކޮށް ހުންނަވައިގެން ހަނގުރާމަ ކުރިއަށް ގެންދެވިއެވެ. ނަމަވެސް ޚާލިދު ބުނު އަލްވަލީދަށް އެ ޚަބަރު އެނގިވަޑައިގަތުމަށްފަހު، އެ ޚަބަރު ސިއްރު ކުރެއްވި ސަބަބާ ބެހޭގޮތުން އަބޫ އުބައިދާއާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި އަބޫޢުބައިދާ ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ހަނގުރާމައިގެ ރޫޙު ގެއްލުވާލަން ނަފުރަތު ކުރެވުނީއެވެ. އަޅުގަނޑުމެން ދުނިޔަވީ ބާރެއް ބޭނުމެއް ނޫނެވެ. އަޅުގަނޑުމެން ދުނިޔެ ހޯދަން މަސައްކަތެއް ނުކުރަމުއެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް މާތް الله މަގުގައި އަޚުންނެވެ. ޚާލިދު ބުނު އަލް ވަލީދު ލަޝްކަރުގެ ސިފައިންނަށް ވިދާޅުވިއެވެ. ”މިއުންމަތުގެ އަމާނާތްތެރިޔާ ތިޔަބައިމީހުންގެ މައްޗަށް އިސްކުރެވިއްޖެއެވެ.“ މިއީ އަހަރެންގެ ކާބަފައިންނެވެ. މަސްދަރަކީ: (البداية والنهاية/ ابن كثير)

7