ނަޞޭޙަތާއި އިރުޝާދު
ހެޔޮކަމެއް ކުރަން ގަޞްދުކުރިކަމަށްޓަކައި ލިބޭ ދަރުމަ

މީހަކު ހެޔޮކަމެއްކުރަން ނިޔަތްގަނެ، އެކަން ނުކުރިނަމަވެސް، ހެޔޮކަމެއް ކުރަން ގަޞްދުކުރިކަމަށްޓަކައި ލިބޭ ދަރުމަ އާއި އެކަން ކުރިނަމަ ލިބޭ ދަރުމައިގެ ވާހަކަ

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ ﷺ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعالَى، قَالَ: ((إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ؛ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً.

وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ.

وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً((

[رواه البخاري ومسلم في صحيحيهما بهذه الحروف]

މާނައީ: ޢަބްދު ﷲ ބުން ޢައްބާސް رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ، ﷲ تبارك وتعالىގެ ޙަޟްރަތުން ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ.

“ހަމަކަށަވަރުން އިންސާނާ ކުރާ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް، ﷲ ލިޔުއްވައެވެ. ދެން އެއަށްފަހު އެކަން ބަޔާން ކުރެއްވިއެވެ؛ ހެޔޮކަމެއް ކުރަން ޤަޞްދުކޮށް، ދެން އެކަން ނުކުރިމީހާ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ހެޔޮކަމެއް ކުރުމަށް ޤަޞްދުކޮށް، ދެން އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ދިހަހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައަށާއި އެއަށްވުރެ އެތައް ގުނައެއް އިތުރަށްވެސް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަން ނުކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ނުބައިކަމެއްގެ ގޮތުގައި އެކަން ލިޔުއްވައެވެ.”

13