ޚަބަރު
ދޮގުހެދުމަކީ، ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި، އަބުރު ނަގާލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރު: ހުކުރުޚުތުބާ

ދޮގުހެދުމަކީ، ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި، އަބުރު ނަގާލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރުކަމުގައި މިއަދު ހުކުރުޚުތުބާގައު ވިދާޅުވެއްޖެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ ދޮގުހެދުމަކީ، ނުބައި ސިފަތަކުގެ ތެރެއިން، އެންމެ ނުބައި އެއްސިފައެވެ. މީސްތަކުންގެ ޙައްޤުތައް ގެއްލިގެން ދިޔުމުގެ އެއްސަބަބެވެ. ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން ފެތުރުމުގެ ސިއްރެވެ. ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި، އަބުރު ނަގާލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ.“

ދޮގުހެދުމުގެ ނުބައިކަން އިތުރަށް ބަޔާންކޮށްދެވަމުން ޚުތުބާގައު ވިދާޅުވީ “ އެންމެ ނުބައި އަދި އެންމެ ފާފަ ބޮޑު ދޮގަކީ، އެކަމުން އެހެން މީހުންނަށް ގެއްލުންލިބޭ ދޮގެވެ. މިހެންވެ، ދޮގުހެކި ދިނުމަކީ ބޮޑު ފާފައެއް ކަމުގައި އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވެއެވެ. ބޮޑަތި ފާފަތަކުގެ ތެރެއިން ވެސް އެންމެ ނުބައިކަންކަމަކީ، މާތްﷲ އާ ޝަރީކު ކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި މީހުންމެރުމާއި، ދޮގުހެކި ދިނުންކަމުގައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ދޮގުހެކި ދިނުމަކީ މިހާ ނުބައި ކަމަކަށް ވީއިރުވެސް ބައެއްމީހުން ދޮގުހެކި ދެނީ ކީއްވެހެއްޔެވެ؟ ގިނަމީހުން ދޮގުހެކިދެނީ ކޮންމެވެސް ޒާތީ ބޭނުމަކުއެވެ. ދައުވާކުރާ ނުވަތަ ދައުވާ ލިބޭ ފަރާތަކާއި ތިމާއާ ދެމެދުގައި އޮންނަ ތިމާގެ ކަމަކުންނެވެ. ނުވަތަ ރަޙްމަތްތެރި ކަމަކުންނެވެ. ނުވަތަ ދެކޮޅުވެރި ކަމަކުންނެވެ. ނުވަތަ އެކަމުން ތިމާއަށް ލިބޭ ދުންޔަވީ މަންފާއެއްގެ ސަބަބުންނެވެ. ”

12