ނަޞޭޙަތާއި އިރުޝާދު
ސަތޭކަ ފަސްދޮޅަސް އަށެއް: ޚާއްސަ ނަންބަރަކަށް ވަނީ ކީއްވެ؟

ހިތުގެ ވިންދު އިންސާނާކައިރީ ބުނަމުންދެއެވެ. ހަމަކަށަވަރުން ޙަޔާތަކީ މިނެޓްތަކަކާއި ސިކުންތުތަކެކެވެ.

ލޮބުވެތި ޒުވާނުންނޭވެ. ފައިދާހުރި ފޮތްތައް ކިޔާށެވެ. ޝަރުޢީ ގޮތުން ހުއްދަ ހުނަރުތައް ލިބިގަންނާށެވެ. އާ ބަސްތައް ދަސްކުރާށެވެ. ވަގުތު ބޭކާރު ކުރުން ހުއްޓާލާށެވެ. ކޮންމެ ދުވަހަކީ ވެސް، ފެން ހިފޭ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހަދާށެވެ.

ކޮންމެ މީހަކަށްވެސް އެންމެ މުހިންމީ ވަގުތު. އަޒުމެއް އޮވެގެން ވަކި ޓާގެޓަކަށް މަސައްކަތް ކުރާނަމަ ވަގުތަށް ޚާއްޞަ ސަމާލުކަމެއް ދޭނެ.

ޑރ. ޖޭމްސް ޑިނިކް ވިދާޅުވެފައިވެއެވެ.

މި ޒަމާނުގައި ގިނަ މީހުން އަބަދުވެސް ފިކުރުބޮޑުވެފައިތިބޭ ތަން ފެނެއެވެ. އަހަރެންނަށް ހީވާ ގޮތުގައި މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ މީސްތަކުން މާބޮޑު މިސްރާބެއް ނެތި ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުންދިޔުމެވެ.
ބައެއް މީހުން ނެޓްފްލިކުސް ބެލުމުގައި މުޅދުވަސް ހޭދަކޮށްފާނެއެވެ. އަނެއް ބަޔަކު ޓިކްޓޮކް ބެލުުގައި އެތައް ވަގުތެއް ހޭދަކޮށްފާނެއެވެ.
އަމިއްލަ ނަަފުސު ތަރައްޤީކުރަން މަސައްކަތްކުރަނީ މަދުބައެކެވެ.

ވަގުތު ތަކަށް ފަރުވާ ކުޑަކުރެވިއްޖެނަމަ ޙަޔާތުގެ ކޮންމެވެސް އެއް ހިސާބަކުން އަގެއް ދައްކަންޖެހޭނެއެވެ.

ވަގުތަކީ ފަހަނައަޅައި ގޮއްސިއްޔާ އަތް ނުލެވޭނެ ވަރުގެ އެއްޗެކެވެ.

ތިމާ ކުރާ ކަންކަން ކުރުމަށް، ކަންކަން ތަންފީޒު ކުރުމަށް، އެންމެ އިސްދައުރެއް އަދާކުރަނީ ވަގުތެވެ. 
ބައެއްމީހުން ހަފުތާއެއްގެތެރޭގައި 20 ޓާސްކު ތަންފީޒުކޮށް ނިންމާލާއިރު، އަނެއް ބަޔަކަށް
ހަފުތާއެއްގެތެރޭގައި 5ޓާސްކުވެސް ނުނިންމެއެވެ.
ތިމާގެ ކާމިޔާބީއާއި ނާކާމިޔާބީގެ ތިލަފަތް ބަރުވެ ލުއިވުން ބިނާވަނީ ވަގުތު ރަނގަޅު ގޮތުގައި ހިފި ގޮތެއްގެ މައްޗަށެވެ.

އިންސާނާގެ ޙަޔާތަކީ މަރުޙަލާތަކެއްގެ އެކު ޖުމްލައެވެ. ފުރަތަމަ ޅަފަތުގެ ދައުރެވެ. ދެން މަދަރުސީ ދައުރެވެ. ދެން އަމިއްލަ ފައި މައްޗަށް ތެދުވެ އާއިލާއެއް ބިނާކުރާދައުރެވެ. އެއަށްފަހު މުސްކުޅި ޢުމުރެވެ. މިންވަރުފުޅުގައި އެކި މީހުންގެ ޢުމުރު ލިޔުއްވިފައިވަނީ އެކިވަރަށް ކަމުން ބައެއް މީހުންގެ ދުނިޔެވީ ޙަޔާތް އިސްވެ މި ދެންނެވި މަރުޙަލާތައް ނުނިމެނީސް ނިމެއެވެ.ފާހަގަ ކޮށްލަން ބޭނުންވާ ނުކުތާއަކީ މި މަރުހަލާ ތަކަށް ދުރާލާ ތައްޔާރު ވެވިއްޖެނަމަ ކުރިމަތީގައި ތިމާއަށް އިންތިޒާރު ކުރާނީ ރަނުގެ ފުރުޞަތުތައްކަމެވެ.

ހަފުތާ= 168 ގަޑިއިރު

ހަފްތާއެއްގެ 7 ދުވަސް ފާއިތުވެގެންދާއިރު; އޭގެތެރެއިން ކިތައް ދުވަސް އުފެއްދުންތެރި ދުވަހެއް ހޭދަކުރެވުމުގެ އުފާވެރި ޝުޢޫރާއި އެކީ ނިންމާލެވޭހެއްޔެވެ?

31