ޚަބަރު
ކަންބޮޑުވުންތަކާއި، ނުތަވަނަސްވުމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު ޢަޤީދާ: ހުކުރުޚުތުބާ

 

ކަންބޮޑުވުންތަކާއި، ނުތަވަނަސްވުމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު ޢަޤީދާ: ހުކުރުޚުތުބާ

މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ ”އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި، ނުތަވަނަސްވުމާއި، މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު ޢަޤީދާއެވެ. އޭނާ ﷲ ސުބުހާނަހޫ ވަތަޢާލާގެ ޤަޟާޤަދަރަށް އީމާންވާތީއެވެ. އެކަލާނގެއީ ތައުބާވާމީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަން ޤަބޫލުކުރާތީއެވެ. އަދި އަޅުތަކުން ކުރާ ދުޢާ އިޖާބަކުރައްވާ ފަރާތަކީ މާތްﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރާތީވެސްމެވެ.

ހެޔޮ މިންވަރާއި ނުބައި  މިންވަރަށް ފުރިހަމައަށް އީމާންނުވާ މީހުން އަބަދުވެސް ބާލާނީ އެ މީހުންގެ އަމިއްލަ މަޞްލަހަތަށެވެ. އެ ގޮތަށް ޢަމަލުކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީ ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. އަދި ބައެއް މީހުން އެ މީހުންގެ އަމިއްލަ ނަފުސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހަޅޭ ކަންކަމަށް އަރައިގަންނަމުން ދަނީވެސް މިންވަރަށް އީމާން ނުވެވޭތީއެވެ. އެހެންކަމުން އަހަރެމެންގެ ދަރިންނަށް އިސްލާމީ ޢަޤީދާ ކިޔަވައިދިނުމަކީ އަހަރަމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިއްމު މަސްއޫލިއްޔަތެވެ. ”

22